logologologologo
STO
ޚަބަރު

ދަރަންވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ދޭންފަށައިފި

ދަރަންވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ދޭންފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 21

ބ. އަތޮޅު ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.

ސަރުކާރުން މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ދަރަވަންދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޕާސްޕޯޓުގެ ޚިދުމަތް ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ދަރަވަންދޫގައި މި ޚިދުމަތް ފެށުއާއެކު ބ.އަތޮޅުގެ 2 ރަށުން މިހާރު އެ އަތޮޅުގެ ރައްޔިތުންނަށް މި ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ޚިދުމަތް ފަށާފައިވާ އަނެއް ރަށަކީ އެ އަތޮޅު ވެރިކަން ކުރާ ރަށް އޭދަފުށްޓެވެ.

އިމިގްރޭޝަނުން ބުނީ ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި އެއަތޮޅުގެ އޭދަފުށި އަދި ދަރަވަންދޫ ޚިޔާރުކުރެެވޭނެ ކަމަށެވެ.

 

View post on Twitter

 

ހުރިހާ އަތޮޅަކުން އައިޑީކާޑު އަދި ޕާސްޕޯޓު ޕްރިންޓްކުރުމުގެ ވަޢުދުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދިޔަ 2024 ވަނަ އަހަރުގެ ޖުމްހޫރީދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު ވަނީ މިދިޔަ 2025 އަހަރުގެ އޮކްޓޫބަރު 7 ގައި ފުއްދަވައިފައެވެ. އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވީ، 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި، ޕާސްޕޯޓް ހައްދައިދިނުމުގެ އިންތިޒާމް ހަމަޖައްސައިދީ ނިންމެވުމަށެވެ.

ނަމަވެސް އެ ތާރީޚަށްވުރެ ކުރިން އައިޑީ ކާޑު ހުރިހާ އަތޮޅަކުން ޕްރިންޓް ކުރުމުގެ ވަޢުދު ފުރިހަމަވެފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މީގެކުރިން ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ގިނަ ރައްޔިތުން އައީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް