މަސްތުގެ ޙާލަތުގައި ތިބެ މާރާމާރީ ހިންގި ޒުވާނުންތަކެއް ހުޅުމާލެއިން ހައްޔަރުކޮށްފި

މަސްތުގެ ޙާލުގައި ތިބެ މާރާމާރީ ހިންގި ޒުވާނުންތަކެއް ހުޅުމާލެ ގެއަކުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ 1 ގައި ހުންނަ ގެއެއްގެ ތެރޭން މިއަދު ހެނދުނުއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:05 ހާއިރު، އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ލިބިގެން ގޮސް ބެލި އިރު ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ފެނުނު ކަމަށާއި އެތަނުގައި ހަތަރު ދިވެއްސަކު ތިބި ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އުމުރުން 34 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.
އެ މައްސަލައާ ގުޅިގެން، ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަޙުޤީޤަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ ފޮޓޯ އާއި ވީޑިއޯތަކެއް އާންމުވެފައިވާއިރު، ފުލުހުންގެ ކުރިމަތީގައި އަންހެނަކާއި ފިރިހެނަކު ގައިގޯޅިކޮށް އުޅޭތީ އެ ވީޑިއޯތަކުން ފެނެއެވެ.
ހައްޔަރުކުރި 4 މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިތުރަށް





.gif.gif&w=828&q=100)