logologologologo
STO
ޚަބަރު

ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މިރޭ 2:00އަށް އިތުރުކޮށްފި

ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މިރޭ 2:00އަށް އިތުރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 15

ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މިރޭ 2:00އަށް އިތުރުކޮށްފިއެވެ.

"ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ޚިދުމަތް ވަގުތީގޮތުން މިރޭ ވަނީ މެދުކެނޑިފައެވެ.

ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މައްސަލަ މިހާރު ހައްލުކޮށް އަލުން ވަނީ ޚިދުމަތްދޭން ފަށައިފައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށެވެ.

އެ ވުޒާރާއިން ބުނީ މައްސަލައާއި ގުޅިގެން މި ސްކީމްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު މިރޭ ދަންވަރު 2:00 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

 

View post on Twitter

 

ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑި ހަމަވާނީ މިރޭ 11:59 އަށް ކަމަށް އެ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ.

މި ސިޔާސަތުގެދަށުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިއަހަރުގެ ޖަނަވަރީގައި ހުޅުވާލުމަށްފަހު ދީފައިވާ މުއްދަތު 3 ފަހަރަކު އިތުރުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް