logologologologo
STO
ޚަބަރު

"ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެ

"ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 15

"ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ދެންމެ ބުނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައްސަލަ ޙައްލުވިހާ އަވަހަކަށް އެކަން ޢާންމުކޮށް އަންގާނެ ކަމަށާއި މި ކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ވުޒާރާއިން ވަނީ މަޢާފަށް އެދިފައެވެ.

ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑި ހަމަވާނީ މިރޭ 11:59 އަށް ކަމަށް އެ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ.

 

View post on Twitter

 

މި ސިޔާސަތުގެދަށުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ މުއްދަތު 3 ފަހަރަކު އިތުރުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް