މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ހުކުރު ދުވަހު އާންމުންނަށް ހުޅުވާލަނީ

ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތަށްފަހު ހުކުރު ދުވަހު އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމިފައިވާތީ، 2026 ޖޫން 12 ވާ ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އާންމުނަށް ހުޅުވާލާނެ ކަމަށެވެ.
މަރާމާތު ކުރުމަށް ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 9 ން ފެށިގެންނެވެ.
ރަސްފަންނު މަރާމާތު ކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު، ފަހަރަކު ބައެއް ބަންދު ކުރާނެ ކަމަށް އެ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ.
މި މަޝްރޫޢޫގެ މަޤްސަދުތަކުގެ ތެރޭގައި ގޮނޑުދޮށް ގިރުމާއި މޫދަށް އެރޭ ސަރަހައްދުގެ ލޮނުގަނޑު ދައުރުވުން މިހާރަށްވުރެ ހަރުދަނާ ކުރުން ހިމެނެއެވެ.
މީގެއިތުރުން އައު ފާހާނާ ބަރިއަކާއި ފެންވަރާނެ އިސްކުރު ބަރިއެއްގެ އިތުރުން ލޮކަރު ފަދަ ޒަމާނީ ޚިދުމަތްތައް ވެސް އެ ސަރަހައްދުގައި އަލަށް ގާއިމު ކުރެވޭނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި މަސައްކަތަކީ ރަސްފަންނަކީ ރައްޔިތުންނަށް ހިތްފަސޭހަ މައިދާނަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރިއަށް ގެންދާ މުހިއްމު މަޝްރޫޢެކެވެ.
މާލޭ ހުޅަނގުފަރާތު އަތިރިމަތީގައި ހަދާފައިވާ ރަސްފަންނު ސަރަހައްދަކީ ރައީސް ޑރ. މުޢިއްޒުގެ ވަޒީރު ކަމުގައި އެމަނިކުފާނުގެ ބެއްލެވުމުގެދަށުން ތަރައްޤީ ކޮށްފައިވާ ވަރަށް ހިތްފަސޭހަ ސަރަހައްދެކެވެ.
އިތުރަށް





.gif.gif&w=828&q=100)