މަރާމާތު ކުރުމަށް ސަލްޓަން ޕާކް ވަގުތީ ގޮތުން ބަންދުކޮށްފި

މަރާމާތު ކުރުމަށް ސަލްޓަން ޕާކް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އިމާރާތް ކުރުމާބެހޭ ވުޒާރާއިން ބުނީ މަރާމާތު ކުރުމަށް ސަލްޓަން ޕާކް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ ސަލްޓަން ޕާކް މަރާމާތު ކުރުމުގެ މަޝްރޫޢުގެދަށުން ފުރިހަމަ ކުރަންޖެހޭ އިތުރު މަސައްކަތްތައް 3 މެއި 2026 ން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 ން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި މަސައްކަތް ކުރިއަށްދާ ވަގުތު ތަކުގައި ސަލްޓަން ޕާކް ސަރަހައްދު އާންމުންނަށް ވަގުތީ ގޮތުން ބަންދުވާނެ ކަމަށެވެ.
ސަލްޓަން ޕާކަކީ މާލޭގައި ހުރި އެންމެ ދުވަސްވީ ޕާކެވެ. މީގެ އަހަރުތަކެއް ކުރިން ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެ ޕާކް އެންމެ ފަހުން މަރާމާތުކޮށް ތަރައްޤީކޮށްފައި ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކުގައިކަން ފާހަގަކުރެވެއެވެ.
މި ސަރުކާރުން ވަނީ ސުނާމީ ބިނާ ޕާކް ވެސް ވީރާނާވެފައި ވަނީކޮށް މަރާމާތުކޮށް، މިދިޔަ އޭޕްރީލްމަހު އާންމުންނަށް އަލުން ހުޅުވާލާފައިކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
