ރަސްމާލެއަށް އިންވެސްޓް ކުރާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާ ފްރަންޓް އަދި މެރީނާ މަޝްރޫއު ހިންގާ، ޔޫއޭއީގެ އަބޫދާބީގެ އީގަލް ހިލްސްއިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް ތަރައްގީ ކުރަން ނިިންމާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ކުރިން އިޢުލާން ކުރި ސޯޝަލް ހައުސިން ޔުނިޓްތަކުގެ އަދަދަކަށް ބަދަލެއް ނާންނާނެ ކަމަށާއި ސަރުކާރުން ވަނީ ރަސްމާލޭގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމް ކުރުމަށް ނިންމައިފައި ކަމަށެވެ.
ސަރުކާރުން އެ ކުންފުންޏަށް މި މަސައްކަތް ކުރުމަށް ސަވަރިން ގެރެންޓީއެއް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަަށާއި ފައިސާ ދައްކާނީ ހައުސިން ޔުނިޓްތައް ނިންމައި ހަވާލުކުރުމުން އެ ވިއްކުމުގެ މަރުހަލާގައި ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އޮފިޝަލް ވިދާޅުވިއެވެ.
ރަސްމާލެއަށް އިންވެސްޓް ކުރާ އީގަލް ހިލްސްއަކީ އަބޫދާބީގެ އަމިއްލަ ކުންފުންޏެކެވެ. މިއީ ބުރްޖު ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އީމާރު ޕްރޮޕަޓީޒްގެ ބާނީ މުހައްމަދު އަލައްބާރު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާ އަންނަ ކުންފުންޏެކެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާ ފްރަންޓް އަދި މެރީނާ މަޝްރޫއު ހިންގަން، އީގަލް ހިލްސްއާއިއެކު މިއަދު ސޮއި ކުރީ ޔޫއޭއީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ބިޔަ މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ފެށި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1,150 ހެކްޓަރު ހިއްކާނެއެެވެ. އަދި މިހާރު 716 ހެކްޓަރު ހިއްކި، ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ރަސްމާލެ ވަނީ ވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)