އޮޔާދިޔަ 2 ބޯޓުގެ ސަބަބުން ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބަލަނީ

އޮޔާދިޔަ 2 ބޯޓުގެ ސަބަބުން ބުރިޖުގެ ތަނބަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަނެއް ހަދަން ފަށައިފިއެވެ.
މާލެ ސަރަހައްދުން އޮޔާދިޔަ ދެ ބޯޓު ސިނަމާލޭ ބުރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާއި ގުޅިގެން ބުރިޖުގެ އިންސްޕެކްޝަނެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފަވާގޮތުގައި މި ދެ ބޯޓަކީ ކަސްޓަމްސްޓަމުން ހިފަހައްޓާފައިވާ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެވެ. މި ބޯޓުތައް އޮޔާ ދިޔައީ މޫސުން ގޯސްވެ، ނަގިލި ކަހާލައިގެންކަމަށް މަޢުލޫމާތު ލިބެއެވެ.
މާލޭގެ އިރުމަތިން އޮޔާގޮސް އެ ދެ ބޯޓު ވަނީ ސިނަމާލެ ބުރިޖުގެ ސްޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައި ޖެހިފައެވެ. މި ދެ ބޯޓަކީ ތެޔޮ އުފުލާ ޒާތުގެ ދެ ދަގަނޑު ބޯޓެވެ.
މި ހާދިސާއާއި ގުޅިގެން، ރެއިން ފެށިގެން އެ ސަރަޙައްދުގައި ބުރިޖުގެ އިންސްޕެކްޝަނެއް ފަށާފައިވާކަމަށް ބިނާރަ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ޕީއެސްއެމް ނިއުސްއަށް ވަނީ މަޢުލޫމާތުދެއްވާފައެވެ. މިކަމާ ގުޅިގެން ހަދާ އެސެސްމަންޓްތައް ނިމުމުން، އޭގެ މަޢުލޫމާތު ޙިއްސާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނިން ތަރައްޤީކުރި މި ބުރިޖުގެ މަސައްކަތް ނިމުމަށްފަހުވެސް، ބުރިޖުގެ މެއިންޓަންސް މަސައްކަތްތައް ކުރިއަށްގެންދަނީ އެ ކުންފުނީގެ އެހީތެރިކަމާއެކުއެވެ.
އިތުރަށް





.gif.gif&w=828&q=100)