logologologologo
STO
ޚަބަރު

ބްރިޖުގައި ޖެހުނު ދެ ބޯޓު އޮޔާގޮސް، ރާއްޖޭގެ ސަރަހައްދުން ބޭރަށް އަޑިއަށް ހިނގައްޖެ

ބްރިޖުގައި ޖެހުނު ދެ ބޯޓު އޮޔާގޮސް، ރާއްޖޭގެ ސަރަހައްދުން ބޭރަށް އަޑިއަށް ހިނގައްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 12

ބްރިޖުގައި ޖެހުނު ދެ ބޯޓު އޮޔާގޮސް، ރާއްޖޭގެ ސަރަހައްދުން ބޭރަށް އަޑިއަށް ހިނގައްޖެ ކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ބުރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް އެ ދެ ބޯޓުގައި ތިބި 9 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައި ކަމަށާއި އެ 2 ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ދަގަނޑު ބޯޓުކަމަށެވެ.

ތެޔޮ އުފުލާ މި 2 ބޯޓު މާލޭ ބަނދަރުން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއަށްފަހު މި 2 ބޯޓު ދިޔަވެގެން އަޑިއަށް ގޮސްފައިވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް މި ދެ ބޯޓު އޮޔާދިޔައީ މޫސުން ގޯސްވެ، ނަގިލި ކަހާލުމުގެ ސަބަބުންނެވެ. އޮޔާގޮސް މި ދެ ބޯޓު ޖެހިފައިވަނީ، ސިނަމާލެ ބުރިޖުގެ ސުޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައެވެ.

މި ހާދިސާއާ ގުޅިގެން ބުރިޖަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ސިނަމާލެ ބުރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. މިއިންސްޕެކްޝަނުގައި ބެލި ބެލުމުން، ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ޔަޤީންކުރެވިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ތަނބުތަކުގެ ބޭރުފުށުގައި ކުދި ގެއްލުންތައް ނުވަތަ ކޫރުން ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. މި ތަންތަން މަރާމާރު ކުރުމުގެ މަސައްކަތް، ކޮންޓްރެކްޓަރ ސީއެޗްއީސީ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

"މިހާރު" ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބޯޓުތަކަކީ އޯމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ 2 ބޯޓެވެ. އަދި އެ 2 ބޯޓުު މާލެ ކައިރީގައި، އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮއްވާ، ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ބޯޓުތައް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް