logologologologo
STO
ޚަބަރު

އުސްފަސްގަނޑާ ދިމާއިން ހިލަތަކުގެ ތެރެއަށް ވެއްޓުނު މީހަކު ސަލާމަތްކޮށްފި

އުސްފަސްގަނޑާ ދިމާއިން ހިލަތަކުގެ ތެރެއަށް ވެއްޓުނު މީހަކު ސަލާމަތްކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 19

މާލޭ އުސްފަސްގަނޑާ ދިމާލު ތޮށިމަތީ ޖަހާފައި ހުންނަ ބަޖިޔާގާތަކާއި ހިލަތަކުގެ ދެމެދަށް ވެއްޓުނު މީހަކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ސަލާމަތްކޮށްފިއެވެ.  

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 17:24 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ ފިރިހެން މީހާ ސަލާމަތްކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

ބަޖިޔާގާތަކާއި ހިލަތަކަތަކުގެ ދެމެދު ހެދިފައި އޮތް ހުސްޖާގެއެއްގެ ތެރެއަށް، ބޯކޮޅުވަތަށް ވެއްޓުނު މި މީހާ ސަލާމަތްކުރުމުގައި މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ރެސްކިޔު ޓޫލްސް ބޭނުންކޮށް، ހިލަތަށް ދުރަށް ޖެއްސުމަށްފަހު އެ މީހާ އެތަނުން ނަގާފައެވެ. 

މި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ އިރު، އޭނާގެ ޙާލު ރަނގަޅުކަމަށް މަޢުލޫމާތު ވަނީ ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް