ގ. ކްރެބް ޓްރީގައި އަލިފާނުގެ ހާދިސާ ހިނގީ ބިދޭސީން ދިރިއުޅޭ ކޮޓަރިއެއްގައި

ގ. ކްރެބް ޓްރީގައި އަލިފާނުގެ ހާދިސާ ހިނގީ ބިދޭސީން ދިރިއުޅޭ ކޮޓަރިއެއްގައި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް، އެންޑީއެމްއޭއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މި ހާދިސާ ހިނގާފައިވަނީ ގ. ކްރެބްޓްރީ ގޭގެ އެންމެ ތިރީ ފަންގިފިލާގައި ބިދޭސީން ދިރިއުޅޭ ކޮޓަރިއެއްގައި ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ސިފައިން އެ ސަރަޙައްދަށް ދިޔައިރު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި އަލިފާން ރޯވީ ކަރަންޓް ސޮކެޓެއްގައި ރޯވެގެން ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު މިއަދު 12:09 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށް، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 12:25 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެ ކޮޓަރީގައި ވާ ބައެއް ތަކެއްޗަށް ވަނީ ގެއްލުންލިބިފައެވެ. ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އިތުރަށް





.gif.gif&w=828&q=100)