އެމްޑީޕީ ސަރުކާރުން ގޯތިތައް ދޫކުރި ގިރާވަރުފަޅު ހިއްކަންފަށައިފި

އެމްޑީޕީ ސަރުކާރުން ގޯތިތައް ދޫކުރި ގިރާވަރު ފަޅު ހިއްކަންފަށައިފިއެވެ.
ގިރާވަރު ފަޅު ހިއްކަން ފަށާފައިވާކަން ހަމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާކަމަށެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެންސްފައިވާ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީއާއެވެ. މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެކެވެ.
ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މިހާތަނަށް އެ ފަޅުން ހިއްކާފައިވަނީ 56 ހެކްޓަރުގެ ބިމެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެފަޅުން ގޯތި ދީފައިވާއިރު، މި ސަރުކާރުން އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުމަށް ވަނީ ނިންމާފައެވެ.
ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ނިންމާފައި ވަނީ 1250 އަކަފޫޓުގެ 2603 ގޯތި، 1650 އަކަފޫޓުގެ 1214 ގޯތި، 2050 އަކަފޫޓޫގެ 254 ގޯތި އަދި 2450 އަކަފޫޓުގެ 1 ގޯތި ދިނުމަށެވެ.
ގިރާވަރު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިގޮތުން މާލެ ސަރަޙައްދުގައި ކުރިއަށްދާ މިފަދަ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެތެރެއިން ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައެެވެ. އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަން ފާހަގަ ކުރެވެއެވެ.
ގިރާވަރު ފަޅު ހިއްކަން ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ ވަރަށް ޚަރަދު ބޮޑުކޮށްކަމަށާއި، މަސައްކަތަށް ލަސްތަކެއް އައިސްފައިވަނީ ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާ ހަމަޖައްސާފައި ނެތުމުން ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)