ބޯހިޔާވަހިކަމަށް ހިއްކާ ބިންތަކުގެ މަސައްކަތް ހަލުއިކުރަން އިތުރު 3 ޑްރެޖަާ ބޭނުންކުރަން ނިންމައިފި

ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިއްކާ ބިންތަކުގެ މަސައްކަތް ހަލުއިކުރަން އިތުރު 3 ޑްރެޖަާ ބޭނުންކުރަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ވަޢުދުފުޅު ކަމުގައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ވަޢުދުފުޅާއި ގުޅިގެން ހުޅުމާލެ ފޭސް 3، ގުޅީފަޅު، ގިރާވެރިފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުއި ކުރުމަށްޓަކައި މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިތުރު 3 ޑްރެޖަރު ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން 45،000 ޓަނުގެ 2 ހޮޕަރ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕަރ ޑްރެޖަރެއް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި މި މަސައްކަތްތައް ހުއްޓުމެއްނެތި ވީހާވެސް ހަލުއިކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ އިތުރުު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ، އެކަންކަން ހައްލުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ބޯހިޔާވަހިކަމަށް އަމާޒުކޮށް މި ސަރުކާރުން ތަރައްޤީކުރާ ރަސްމާލެ ބިން ހިއްކުމަށް ކުރިން ބޭނުންކުރަމުން އައި ޑްރެޖަރަށްވުރެ ދެގުނަ ބޮޑު ޑްރެޖަރަކާއިއެކު އިތުރު ދެ ސައިޓް ހިއްކުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ. މި ބޮޑު ޑްރެޖަރުގެ ކެޕޭސިޓީއަކީ 21،000 ކިއުބިކް މީޓަރެވެ.
ރަސްްމާލެ ތަރައްޤީ ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަމުން އަންނައިރު، އެ ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ. އޭގެތެރެއިން 129 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)