logo
logo
އެޗްޑީސީން، ޚާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް ވަޒީފާ ދީފި

އެޗްޑީސީން، ޚާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް ވަޒީފާ ދީފި

2025 ޑިސެމްބަރު 02
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް ވަޒީފާ ދީފިއެވެ.

"އެޗްޑީސީއާއެކު" މި ނަމުގައި މިއަދު ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ އެ 30 ފަރާތާ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާޓުގައި އިޖުތިމާޢީ ތަރައްޤީއާއި ޢާއިލާއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެޗްޑީސީން ބުނީ ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަށް ވަޒީފާ ދިނީ، ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ފުރުސަތުތައް ފަހިކޮށްދިނުމަށް ވެފައިވާ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މި ޙަފްލާގައި ވަނީ އެޗްޑިސީގެ އޭއައި ބޮޓް 'މިތުރު' ތައާރަފުކޮށްފައެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާތައް ދިނުމުގައި އިސްކުރަންވީ އިހުސާންތެރިކަމާއި ކެތްތެރިކަމާއި އެހީތެރިކަން ކަމަށާއި ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލަ އަށް ކުރެވޭ ގޮތް ވުމަކީ އަމިއްލަ ނަފުސުގެ ޢިއްޒަތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ އެ ރަސްމިއްޔާތަކީ ފުން އިހުސާސްތަކާ ގުޅިފައިވާ ވަރަށް އުފާވެރި ރަސްމިއްޔާތެއް ކަމަށާއި ޚާއްސަ އެހީއަށް ބޭނުންވާ 30 މީހަކަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދިނުމުން ޔަގީންވި ކަމަކީ އަމިއްލަ މަސައްކަތުން އަސާސީ ކަންކަން އަމިއްލަ އަށް ފުއްުދުނުކަން ކަށަވަރު ވުން ކަމަށެވެ. ވެ.

މީގެއިތުރުން އެކަމަނާ ވިދާޅުވީ، ޤައުމަށް ގެންނަ މިފަދަ އިސްލާހީ ފިޔަވަޅުތަކަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި ދިވެހިންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އެއްބައެއްވަންތަ ކަމުގެ ޝުއޫރުތައް އަލުން ހިތްމައްޗަށް ގެނެސް ޤައުމާއިގެން ކުރިއަށް ދިއުމަކީ ކުރިމަގަށް އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

 

 

މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، ވަޒީފާއެއް ހަމަޖެހުމަކީ ހަމައެކަނި އާމްދަނީއާ ގުޅިފައިވާ ވަސީލަތެއް ނޫން ކަަމަށާއި އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި އެއީ މުޖުތަމައު ބަލައިގަންނަ މީހެއް ކަމުގެ އިހުސާސްވުން ދައްކައިދޭ ދޮރެއް ކަމަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދުނުމުގެ ބޭނުމަކީ އެއްވެސް މީހަކު ތަފާތު ނުކޮށް ހަމަހަމަ ފުރުސަތު ލިބޭ މާހައުލެއް އޮތް ކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް