ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ޒިޔާރަތްކުރައްވައިފި!

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރުގެ ފުޑް އެޖެންސީއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުޑް އެޖެންސީއަށް ވަޑައިގަތުމާއެކު އެ ކަމަނާއަށް މަރުޙަބާ ދެންނެވީ އެ އެޖެންސީގެ ޑެޕުޓީ ޖެނަރަލް އޮފް ފުޑް އެޑްމިނިސްޓްރޭސަން، ޑޮކްޓަރ ޓޭން ލީ ކިމް އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި ޒިޔާރަތުގައި އެ އެޖެންސީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ސިންގަޕޫރުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ރެގިއުލޭޓަރީ އުސޫލުތައް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ސިންގަޕޫރުގެ ފުޑް އެޖެންސީއަކީ ސިންގަޕޫރުގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ އެ ގައުމުގެ ގައުމީ ޖަމުޢިއްޔާއެވެ. އެ އެޖެންސީގެ މައިގަނޑު މަގުސަދަކީ ދިރާސާތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އެހީގައި ކާބޯތަކެތީގެ އުފެއްދުންތައް އިތުރުކުރުކޮށް އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުމެވެ.
މީގެއިތުރުން އެކަމަނާ ވަނީ ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެތެރެއިން، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ޝަރަފުގައި، ރޭ ވަނީ ފުރަމާނަ ޖާފަތެއް ދެއްވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)