logologologologo
STO
ޚަބަރު

ނަރުހުންގެ ދުވަހުގެ ބަހުސް ފަސްޓްލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

ނަރުހުންގެ ދުވަހުގެ ބަހުސް ފަސްޓްލޭޑީ ޝަރަފުވެރިކޮށްދެއްވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 12

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ބަހުސް ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މިއީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަނުން އިންތިޒާމްކުރި ބަހުސެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައި ކުރިއަށްގެންދިޔަ މި ބަހުސް ސެޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާން އަދި މޯލްޑިވްސް އޮންކޮލޮޖީ ނަރސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާއެވެ.

މި ބަހުސްގެ މަޢުޟޫއަކީ، "ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ." ދެ ޓީމަކުން ކުރިއަށް ގެންދިޔަ މި ބަހުސްގައި ޓީމް-އޭއިން މައުލޫއާ އެއްކޮޅަށް ބަހުސްކުރިއިރު، ޓީމް- ބީއިން ބަހުސްކުރީ މައުލޫއާ ދެކޮޅަށެވެ.

ޞިއްޙީ ދާއިރާގެ ގިނަ ޢަދަދެއްގެ ފަންނީ ބޭފުޅުންނާއި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވި މި ސެޝަނުގައި، ރާއްޖޭގައި ނަރުހުންނަށް ހުރި އައު ފުރުޞަތުތަކާއި ދާއިރާ އިތުރަށް ތަރައްޤީކުރެވިދާނެ ގޮތްތަކާމެދު ވަނީ މުހިއްމު ނުކުތާތަކެއް ފާހަގަކޮށްފައެވެ.

ދުނިޔޭގެ ފެންވަރުގައި ނަރުހުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 12ވަނަ ދުވަހު އަންނަނީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް