logo
logo
ބިން ހިއްކަން އިތުރު ޑްރެޖަރެއް ގެނެސްފި،  ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށަނީ

ބިން ހިއްކަން އިތުރު ޑްރެޖަރެއް ގެނެސްފި، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށަނީ

2025 ނޮވެމްބަރު 25
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އިތުރު ޑްރެޖަރެއް ގެނެސް ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތާއި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ގެ އަދާހަމަ މައުލޫމާތު މިއަދު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންވާ ޑްރެޖަރ، ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ  ނެޑަލެންޑެން މިއަދު މާލެ އައިސްފައިވާ ކަމަށާއި މާދަމާ ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

 

 

ޑްރެޖަރ ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ  ނެޑަލެންޑެން ގެ އިތުރުން މިހާރު ފޭސް 3 ގައި މޮބިލައިޒްކޮށްފައިވާ ޓީ.އެސް.އެޗް.ޑީ އޮރަންޖީ ނަމަކަށް ކިޔާ ޑްރެޖަރުވެސް ބިންހިކުމުގެ މަސައްކަތުގައި ބޭނުންކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ސަރަހައްދުގެ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ދެނަގަތުމުގެ މަސައްކަތާއި، އެ އާއި ގުޅުންހުރި އެހެނިހެން ކަންކަން ފުރިހަމަކުރެވުމުން ގިރާވަރު ސަރަހައްދުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.

ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި، ދެން ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލުހޯދަވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް 3 ހިއްކުމާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު ގެނެސް ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް