ގައުމު އެ ސަލާމަތް ކުރެއްވީ ބަނގުރޫޓް ވާނެކަމަށް ބަލައިގެން ތިއްބާ، މިއީ ގައުމަށް ލިބުނު މޮޅެއް

ދިވެހިރާއްޖޭގެ މާލީ ހާލަތާއި އިޤްތިޞާދީ ކުރިމަގާ މެދު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދެކޭގޮތް ބަދަލުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވުމަކީ ޤައުމުގެ އިޤްތިޞާދު އާ މިޞްރާބަކަށް ދަތުރުކުރަން ފަށާފައިވާކަމުގެ ވަރުގަދަ ހެއްކެކެވެ. ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން، ރާއްޖޭގެ ރޭޓިންގ ތައްޔާރުކުރާ މޫޑީސް އިންވެސްޓަރސް ސަރވިސް އާއި ފިޗް ރޭޓިންގްސްއިން ދަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. މިގޮތުން ފިޗްއިން އެންމެފަހުން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ރޭޓިންގ "ސީސީ" އިން "ސީސީސީ -" އަށް ވަނީ މަތިކޮށްފައެވެ. މިއީ ކުރީގެ ސަރުކާރުތަކުން ވާރުތަވި އިންތިހާއަށް ބޮޑު އަދި ބިޔަ ދަރަނީގެ ތެރެއިން ޤައުމު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ކްރެޑިޓް ރޭޓިންގް އަކީ ގައުމެއްގެ މާލީ ހާލަތު ބަޔާންކޮށްދޭ "ރިޕޯޓް ކާޑެއް" ފަދަ އެއްޗެކެވެ. މީގެ ސަބަބުން އިންވެސްޓަރުންނަށާއި، ފައިސާ ދޫކުރާ ފަރާތްތަކަށް އަދި ބައިނަލްއަގުވާމީ ބައިވެރިންނަށް އެ ގައުމަކަށް ފައިސާ ދޫކުރުމުގައި ހުރި ނުރައްކާތައް ނުވަތަ "ރިސްކް" އޮޅުންފިލައިގެންދެ އެވެ. އެހެންކަމުން، ފިޗްއިން ރާއްޖޭގެ ރޭޓިންގް މަތިކުރުމުން އެނގިގެންދާ އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ އިގްތިސާދަށް އޮތް ބައިނަލްއަގުވާމީ އިތުބާރު އިތުރުވެފައިވާކަމެވެ.
މި ބަދަލު އައީ ކީއްވެގެން؟
ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ރަނގަޅުވި މައިގަނޑު އެއް ސަބަބަކީ، މިދިޔަ އޭޕްރިލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު ދައްކާފައިވުމެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމަށް ކުރިމަތިވި އެންމެ ބޮޑު އެއް އިމްތިހާނެވެ. ރާއްޖެއިން ވަނީ އެ އިމްތިހާނުން ފާސްވެފައެވެ. މި ފައިސާ ދެއްކުމުން ބައިނަލްއަގުވާމީ ބާޒާރަށް ސާފުވެގެންދިޔައީ، ރާއްޖެއިން ވެފައިވާ މާލީ ވައުދުތަކަށް އިހުތިރާމްކޮށް، އެ ޒިންމާތައް އަދާކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމެވެ. މިއީ އިއްތިފާގަކުން ވީ ކަމެއް ނޫނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ދަރަނި ދެއްކުމަށާއި، މާލީ އަދަބުވެރިކަން ގާއިމުކުރުމަށާއި، އާމްދަނީ އިތުރުކުރުމުގެ އިސްލާހީ ފިޔަވަޅުތަކުގެ އިތުރުން ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމަށް ދެއްވި ހާއްސަ އިސްކަމުގެ ނަތީޖާ އެވެ.
ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ، އެކަމަކު ދަރަންޏާ މެދު ސަމާލުވާން ޖެހޭ
އާމްދަނީއާ ގުޅޭ އިސްލާހީ ފިޔަވަޅުތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން، ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރުމަށް މަގުފަހިވާނެކަން ފިޗްއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، މީގެ މާނައަކީ ހުރިހާ ގޮންޖެހުންތަކެއް ނިމުނީއެކޭ ނޫނެވެ. ފިޗްއިން ފާހަގަކުރާ ގޮތުގައި ރާއްޖެއަށް އަދިވެސް މާލީ އަދި ބޭރުގެ ގޮންޖެހުންތައް އެބަހުއްޓެވެ. ދަރަނި އަދިވެސް ހުރީ މަތީ މިންވަރެއްގައެވެ. ރިޒާވް އިތުރަށް ވަރުގަދަކުރަން ޖެހެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ދަތުރުފަތުރުގެ ދާއިރާއަށް ދިމާވާ ހުރަސްތަކަކީ އަދިވެސް ސަމާލުވާންޖެހޭ ކަންކަމެވެ.
ނުވާނެއޭ ބުނެބުނެ ތިއްބާ ކުރެއްވި ބުރަ މަސައްކަތް އަދި އިއާދަކޮށްދެއްވި އިތުބާރު
ރައީސް ޔާމީން، ރައީސް ނަޝީދު އަދި ރައީސް ސޯލިހު ހިމެނޭހެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް، އެބޭފުޅުންގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑަތި ދަރަނިތައް ދައްކާ ހަލާސްކުރެވިދާނެ ކަމާމެދު ސުވާލު އުފެއްދެވިއެވެ. އައިއެމްއެފް ޕްރޮގްރާމަކަށް ރާއްޖެ ދާނެކަމަށް އުންމީދުކުރި އެވެ. އޮފީސްތަކާ ސްކޫލުތައް ހުޅުވާފައި ހުންނަ ގަޑިތައް މަދުކުރަން ގޮވާލާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދެވިއެވެ.
މުޙައްމަދު ނަޝީދުގެ ވެރިކަމުގައި (2008 – 2012) އަށް ގާތްގަނޑަކަށް 25.5 ބިލިއަން ރުފިޔާ އަށް ދަރަނި އަރާފައިވާއިރު، ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި (2013 – 2018) އަށް ގާތްގަނޑަކަށް 59.5 ބިލިއަން ރުފިޔާ ދައުލަތުގެ ދަރަނި ވަނީ މައްޗަށް ޖެހިފައެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި (2018 – 2023) ގާތްގަނޑަކަށް 124.2 ބިލިއަން ރުފިޔާއަށް ގައުމުގެ ދަރަނި އަރައިގެން ދިޔައެވެ.
އެންމެ މުހިންމު ކަމަކީ މިހާރު ރާއްޖޭގެ މިސްރާބު ބަދަލުވެފައިވާކަމެވެ. މީގެ މަދު މަސްތަކެއް ކުރިން ދެކެވުނު ވާހަކައަކީ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރުވެރިކަމުގެ ވާހަކަ އެވެ. އެކަމަކު މިއަދު ދެކެވެނީ ނުރައްކާ ކުޑަވެ، އިސްލާހީ ފިޔަވަޅުތަކާއެކު އިތުބާރު އިއާދަވަމުންދާ ވާހަކަ އެވެ.
ރާއްޖެ ފަދަ ކުޑަ ޖަޒީރާ އިގްތިސާދަކަށް، މިފަދަ އިތުބާރަކީ ނުހަނު މުހިންމު އެއްޗެއްކެވެ. އެއީ އިންވެސްޓްމަންޓްތަކަށް އަސަރުކުރާ ކަމެކެވެ. ފައިސާ ހޯދުމަށް ފަސޭހަވެގެންދާ ކަމެކެވެ. ފަތުރުވެރިކަމުގެ އިގްތިސާދަށާއި، ވަޒީފާތަކަށާއި، ކުރިމަގުގެ ކުރިއެރުމަށް މީގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.
ރޭޓިންގް މަތިވުމަކީ ހަމައެކަނި އިގްތިސާދީ މާހިރުންނަށް އޮތް ޚަބަރެއް ނޫނެވެ. މިއީ ސަރުކާރުން ނިންމި އުނދަގޫ ނިންމުންތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމުގެ ހެއްކެކެވެ. ދަތި ހާލަތްތަކުގައިވެސް ގައުމަކުން ވެފައިވާ ވައުދުތައް ފުއްދުމުން، ދުނިޔެ އެކަން ބަލައިގަނެ އެވެ. ފިޗްގެ މި ނިންމުމަކީ ރާއްޖެ މިހާރު ދަތުރުކުރަމުންދަނީ ރަނގަޅު މިސްރާބަކަށްކަން ހާމަކޮށްދޭ ހެއްކެކެވެ.
އިތުރަށް





.gif.gif&w=828&q=100)