
ކަނޑުން ދިން ގޯތިތަކަށް ބޭނުންވާ ބިން 3 މަސް ތެރޭގައި ހިއްކާ ނިންމަނީ
ޒައުޖަތު އަޙުމަދުގުޅީފަޅުން އަދި ގިރާވަރު ފަޅުން މިހާތަނަށް ދޫކޮށްފައިވާ ގޯތިތަކަށް ބޭނުންވާ ބިން 3 މަސް ތެރޭގައި ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގައި ޒުވާނެއް ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްްގައި ކުރިއަށްދާ ކަމަށެވެ.
ހުޅުމާލޭ 3ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން އަވަސްކުރުމަށް 2 ޑްރެޖަރު ބޭނުންކޮށްގެން ސައުވީސް ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށާއި، ބިން ހިއްކާ ނިމޭއިރަށް ގިރާވަރުފަޅު ހިއްކުމަށް އެ ޑްރެޖަރުތައް ބޭނުންކުރެވޭނެ ކަމަށެވެ.
"މިއަންނަ މަސްތެރޭގައި މި މަސައްކަތް ފެށިގެންދާނެ. މިހާރު އެސްޓިމޭޓްކުރަނީ ތިން މަސްދުވަހުގެ ތެރޭގައި މިހާރު ގޯތި ދީފަ، ނުހިކި ހުރި ހުރިހާ ސަރަހައްދެއް ހިއްކާ ނިންމާލުން. އޭގެ މާނައަކީ ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ފަޅު." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ހުރިހައި ސަރަހައްދެއް އެއްކޮށް ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އިޤްތިޞާދީ އެކި ބޭނުންތަކަށް ގުޅީފަޅުން އަދިވެސް ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިއަހަރުގެ ޖުލައި މަހުގައި ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
އެމްޑީޕީ ސަރުކާރުން ގޯތިތައް ދޫކުރި ގިރާވަރުފަޅު ހިއްކަންފަށައިފި2026 ޖެނުއަރީ 30
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29