
ކުރީގެ އެމްޑީޕީ ސަރުކާރުން ދެ ޖިންސު މައްސުނިކޮށް ކިޔަަވައިދޭން ފަށާފައި އޮތްއޮތުން ނިމުމަކަށް ގެންނަން އިލްތިމާސްކޮށްފި
ޒައުޖަތު އަޙުމަދުކުރީގެ އެމްޑީޕީ ސަރުކާރުން ދެ ޖިންސު މައްސުނިކޮށް ކިޔަައިވައިދޭން ފަށާފައި އޮތްއޮތުން ނިމުމަކަށް ގެންނަން ޢިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފިއެވެ.
ޢިލްމުވެރިންގެ ޖަމްޢިއްޔާއިން ވަނީ ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހެދުމަށް ޓަކައި، އަންހެން އަދި ފިރިހެން ދަރިވަރުން މައްސުނި ނުވާނެހެން ކިޔަވައިދިނުމުގެ ނިޒާމު އިޞްލާޙުކޮށްދެއްވުމަށް ރާއްޖޭގެ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއަށް އިލްތިމާސްކުރައްވައިފައެވެ.
މިކަމާއި ގުޅިގެން ޢިލްމުވެރިންގެ ފަރާތުން ޑރ. އިސްމާޢީލް ޝަފީޢުއަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށާއި ނަމަވެސް، 2008 ވަނަ އަހަރު އައި އައު ސަރުކާރުގެ ދައުލަތް ހިންގުމާ ހަވާލުވި ފަހުން ތަޢުލީމީ ދާއިރާއަށް ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ޘަޤާފަތާ ބީރަށްޓެރި، ސެކިއުލަރ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށެވެ.
ތަޢުލީމީ ވަޒީރަށް ފޮނުއްވި ސިޓީގައި ޢިލްމުވެރިން ވަނީ، ދާދިފަހުން މީސްމީޑިއާގައި ފެތުރުނު ވީޑިއޯއަކަށް އިޝާރާތްކުރައްވާފައެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގައި، ކިލާސްރޫމް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެގެން ވަރަށް ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ އެ ވީޑިއޯއަކީ، ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާޤީ ދަށުދަރަޖައިގެ ކަމެއް ކަމުގައި ޢިލްމުވެރިންގެ ގުޅުމުން ސިފަކުރައްވާފައިވެއެވެ.
ޢިލްމުވެރިން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ. އަދި އެކަމަށް ބާރުދޭ، ދުނިޔެވީ ގޮތުން ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގެ މުއައްސަސާތަކުން ހަދާފައިވާ ދިރާސާތަކަށް ސިޓީގައި އިޝާރާތްކޮށްފައިވެއެވެ.
އޭގެ ތެރޭގައި ހަވަރޑް ޔުނިވަރސިޓީއާއި ބީބީސީ ފަދަ ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ ދިރާސާތައް ހިމެނެއެވެ. އެއާއެކު، ޢިލްމުވެރިންގެ ގުޅުމުންވަނީ، ދެ ޖިންސު ވަކިކޮށްގެން ކިޔަވައި ދިނުމަށް ދަލީލުކުރާ ކީރިތި ރަސޫލާ ﷺ ގެ ބައެއް ޙާދިޘައް ވެސް ސިޓީގައި ބަޔާންކުރައްވާފައެވެ.
ޢިލްމުވެރިންގެ ސިޓީ ނިންމާލައްވާފައިވަނީ، ސްކޫލްތަކުގެ ތަޢުލީމީ މާޙައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާޙައުލަކަށް ހެއްދެވުމަށްޓަކައި ކަމާގުޅޭ އުޞޫލުތައް އިޞްލާޙުކޮށްދެއްވުމަށް އެދިލައްވަމުންނެވެ.
ޢިލްމުވެރިންގެ ގުޅުމުން ވަނީ ތަޢުލީމީ ވުޒާރާއިން ގެންނަމުންދާ އިސްލާމް ދީނާ ރައްޓެހި ބަދަލުތަކަށް ޓަކައި އެ ވުޒާރާއަށާއި ސަރުކާރަށް ޝުކުރުއަދާ ކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެމްޑީޕީ ސަރުކާރުން ޝަހީދު ޢަލީ ސްކޫލް އެޅީ ބާ ޖަމާލުއްދީން ބިމުގައި ޢަރަބިއްޔާ ސްކޫލް އެޅިގޮތަށް؟2026 ޖެނުއަރީ 29
8000 އަށްވުރެ ގިނަ ދަރިވަރުންނާއިއެކު މި އަހަރުގެ އޯލެވެލް އިމްތިޙާނު ފަށައިފި2026 ޖެނުއަރީ 28
މި މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ޝަހީދު ޢަލީ ސުކޫލްގެ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި2026 ޖެނުއަރީ 12
ޢިލްމުވެރިންނަކީ "މުރުތައްދުވެފައިވާ" ބައެއް ކަމަށް ބުނި މައްސަލަ ފުލުހަށް ހުށަހަޅައިފި2026 ޖެނުއަރީ 08