logologologologo
STO
ޚަބަރު

4 މިލިއަން ރުފިޔާގެ ވައްކަމުގައި ހިމެނޭ އާސިފް ޖަލުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުން ވޯޓުގެ ބޭނުމުގައި : ޒަރިޔަންދު

4 މިލިއަން ރުފިޔާގެ ވައްކަމުގައި ހިމެނޭ އާސިފް ޖަލުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުން ވޯޓުގެ ބޭނުމުގައި : ޒަރިޔަންދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 13

ނަލަހިޔާ ރެސިޑެންސުން 4 މިލިއަން ރުފިޔާ ވަގަށްނެގި މައްސަލާގައި ހިމެނޭ އިސްމާޢީލު އާސިފް ޖަލުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުން ވޯޓު ބޭނުމުގައި ކަމަށް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ޒަރިޔަންދު ވިދާޅުވީ ކުރީގެ ރައީސް އިބުރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، 1905 ކުށްވެރިން މިނިވަންކޮށް ދޫކޮށްލި ކަމަށާއި އެކަމުގެ ނުރައްކާ ލައިގަތީ ރައްޔިތުންނަށް ކަމަށެވެ.

ޒަރިޔަންދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި މިފަދައިން ވިދާޅުވީ މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އިސްމާއިލް އާސިފަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އޭނާ ޖަލުން ދޫކޮށްލީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އާސިފްގެ ޙުކުމް ފަސް ދުވަހަށް ކުރު ކުރުމަށްފަހުގައި ކަމަށް "މިހާރު" ނޫހުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. 

ރައީސް ޞާލިޙްގެ ސަރުކާރުގައި އެކި އަހަރުތަކުގައި މަޢާފް ދީ ޖަލުން މިނިވަންކުރި ކުށްވެރިންގެ އަދަދު ޒަރިޔަންދު ވަނީ ހިއްސާކުރައްވައިފައެވެ.

ޒަރިޔަންދު ވިދާޅުވީ 2019ގެ މަޖިލިސް އިންތިހާބާއި ދިމާކޮށް 762 ފަރާތް، 2021 ލޯކަލްކައުންސިލް އިންތިހާބަށް 458 ފަރާތް، 2022 އެމްޑީޕީ އެތެރޭގެ އިންތިހާބަށް 256 ފަރާތް އަދި 2023ގެ ރިޔާސީ އިންތިހާބަށް 429 ފަރާތް
މިނިވަންކޮށްފައިވާ ކަމަށެވެ.

"މީ ފަރާތްތަކުގެ %70 އަކީ ރައީސަށް ފެނިވަޑައިގެން ދެއްވި މަޢާފުކަމަށްވެއެވެ. މައާފުދޭންވާނެއެވެ. ނަމަވެސް ވޯޓާއި އަޅުވާ، ނުވަތަ އިސްވެރިންގެ ކޮރަޕްޝަން ފޮރުވަން މައާފުދިނުމަކީ އެކަން މޮޅުވެ ބަޔަކު އަތްޖެހިއަސް އާޙިރުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވުމެވެ." ޒަރިޔަންދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

 

 

މިހާރު ނޫހުގައި ރިޕޯޓްކުރި މި ޚަބަރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އިމްތިޔާޒް ފަޙުމީ ވިދާޅުވީ މިކަހަލަ އުސޫލީ އެތަކެއް ކަމެއް އިންތިހާއަށް ގޯސް މަގަށް ދިއައީ މެމްބަރުން ކޮންޓްރޯލުކުރުމުގެ ބޭނުމުގައި ކަމަށާއި ދެކޮޅު ހެދި މީހުން ބާކީ ކުރެވިގެންދިއަ ހަނދާން ހުންނެވި ކަމަށެވެ.

 

MALDIVE GASAllied Insurance
އިތުރަށް