logologologologo
STO
ޚަބަރު

ކުންފުނިތަކަށް މުވައްޒަފުން ނެގުން ފާލުން ނެއްޓީ އެމްޑީޕީ ސަރުކާރާ ހިސަާބުން: ޑރ. ޚަލީލް

ކުންފުނިތަކަށް މުވައްޒަފުން ނެގުން ފާލުން ނެއްޓީ އެމްޑީޕީ ސަރުކާރާ ހިސަާބުން: ޑރ. ޚަލީލް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 22

ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނެގުން ފާލުން ނެއްޓީ 2028ގައި އުފެދުނު އެމްޑީޕީ ސަރުކާރާ ހިސަާބުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލަށް، މި ސަރުކާރުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ރައްދުދެއްވައިފިއެވެ.

ޚަލީލް ފައްޔާޒަށް ރައްދު ދެއްވާފައި މިވަނީ، ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ފެށުމުގެ ކުރިން، އިންތިހާއަށް މުވައްޒަފުން އިތުރުވި މައްސަލައިގައި އިހުމާލުވާ ކުންފުނިތަކުގެ ވެރިން  ވަކިކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވުމާއި ގުޅިގެންނެވެ.

ޑރ. ޚަލީލް ވިދާޅުވީ ދައުލަތުގެ އެސްއޯއީތަކުގައި މުވައްޒަފުން އިތުރުކަން އެއީ ޙަޤީޤަތެއް ކަމަށާއި މިކަން އެންމެ ބޮޑަށް ވަޒަން ކުރެވޭނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންކަން ހިނގާ ގޮތަށް ބަލާލީމައި ކަމަށެވެ.

"މިސާލަކަށް ދުނިޔޭގެ އެންމެ ބޮޑު، ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ، ސިންގަޕޫރުގެ ތުއާސް ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޢަދަދަކީ 1200 މުވައްޒަފުންނެވެ. ނަމަވެސް ރާއްޖޭގެ ޕޯޓުގައި އޭގެ 4 ގުނަ މުވައްޒަފުން ތިބި ކަމަށްވެއެވެ. ގާތްގަނޑަކަށް 2000 މުވައްޒަފުންނާއެކު ހިންގޭނެ ކަމަށް ބެލެވޭ ފެނަކައިގަ އޭގެ 4 ގުނަ ތިބި ކަމަށްވެއެވެ. މިއީ ހަމަ ކޮންމެ ކުންފުންޏެއްގެވެސް ޙާލެވެ." ޑރ. ޚަލީލް ހިއްސާކުރެއްވި މެސެޖްގައި ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ މި ކަމުގެ ފަހަތުގައި އޮތީ އެންމެ ސަބަބެއް ކަމަށާއި އެއީ ސިޔާސީ އެކިއެކި މަންފާ ނެގުމަށް، "ސިޔާސީ" މުވައްޒަފުން އެކިއެކި ސަރުކާރުތަކުން ލެއްވުން ކަމަށެވެ.

ޚަލީލް ވިދާޅުވީ އޭރުގެ ސަރުކާރުން (އެމްޑީޕީ ސަރުކާރުން) އަމިއްލަ މަސައްކަތުގައި ދެމިތިބި އެތައް ބަޔަކަށް ވަޒީފާތައް ދީ، ދައުލަތަށް ބަރޯސާވުމަށް މަޖުބޫރުކުރުވުމުގެ ނަތީޖާއަކީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ޤައުމު ކުރިމަތިލާންޖެހުނު ކަމަށެވެ. މަސްދޯނިތައް ހުއްޓ، ވަޑާންކޮށް، ރާނާ ސިމެއްތި ޖަހާ މީހުން ނެތުނު ކަމަށާއި ދައުލަތުގެ ކުންފުނިތަކަށް ބުރަ ބޮޑުވެ ކުއްލިއަަކަށް ޤައުމުގެ ޕްރޮޑަކްޓިވިޓީ ދައްވީ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް އިތުރަށް ވިދާޅުވީ ސަރުކާރުތަކުގެ މިފަދަ ސިޔާސަރުތައް އިތުރުވާވަރަކަށް ކުއްފުނިތައް ބަގުރޫޓުވުމާ ދިމާލަށް ގޮސް ޤައުމުގެ އިޤްތިޞާދު ދާނީ އަނދަވަޅަކާ ދިމާލަށް ކަމަށެވެ.

"ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ފައިދާވާ ވިޔަފާރިތަކަކަށް ބަދަލުކުރެވޭނީ ކޯޕަރޭޓް ގަވާނަންސާ އެއްގޮތަށް ހިންގަން ފުރުސަތު ދީގެންނެވެ. (ގާނޫނަކުން ކަނޑައަޅައިގެން ނަމަވެސް) ސަރުކާރުގެ ނުފޫޒެއް ނެތި، ރެގިއުލޭޓަރީ މެކޭނިޒަމްއެއްގެ ތެރެއިން ހިންގަން ދޫކޮށްލައިގެންނެވެ." އޭނާގެ މެސެޖުގައި ވިދާޅުވިއެވެ.

ސިޔާސީ މަންފާ ހޯދުމަށްވެސް ޤައުމެއްގެ ނިސްބަތުން އަތް ނުލާންވީ ކަންކަމާއި ނުކުރާންވީ ކަންކަން ހުންނާނެ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

ދައުލަތުގެ ކުންފުނި ފެނަކަ ކޯޕަރޭޝަންގައި 2018 ވަނަ އަހަރު ތިބީ 3300 އެއްހާ މުވައްޒަފުން ކަމަށް ރިކޯޑްތަކުން ދައްކައެވެ. ނަމަވެސް އެމްޑީޕީ ވެރިކަން 2023 ގައި ނިމުނުއިރު މިއަދަދު ހުރީ 8126 އަށް އިތުރުވެފައިކަން ފާހަގަ ކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް