އަޒާން މި ކިޔައިދެނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިމާވި ސަބަބުތައް

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިމާވީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު އަޒާން ވިދާޅުވެއްޖެއެވެ.
ކުރީގެ ނޫސްވެރިޔާ އަޒާން މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުން ކަމަށާއި މިހެން ދެންނެވީމަ ވަރަށް ގިނައިން ކުރާ ސުވާލަކީ އޭރު ފައިސާގެ އަގު ނުވެއްޓުނީ ކީއްވެތޯ ކަމަށެވެ. އަދި ކޮވިޑު ތެރޭގައި އިޤްތިސާދު ހުއްޓިފައި އޮތް އިރުވެސް ފައިސާގެ އަގު ނުވެއްޓޭކަމަށް ބުނާ ކަމަށް އަޒާން ވިދާޅުވިއެވެ.
އެގޮތަށް ކަން ދިމާވަން މެދުވެރިވި ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށް ވިދާޅުވެ، އަޒާން ވިދާޅުވީ 2020 އިން 2023 ގެ ނިޔަލަށް 8 ބިލިއަނެއްހާ ރުފިޔާ ޗާޕުކުރި ނަމަވެސް އެ މުއްދަތުގައި ޑޮލަރަށް އޮތް ޑިމާންޑު އޮތީ އާންމުކޮށް އޮންނަ މިންވަރަށްވުރެ ދަށުގައި ކަމަށެވެ.
"އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން، 2020 ވަނަ އަހަރު ރާއްޖެއިން އިމްޕޯޓަށް ހަރަދުކުރީ 1.7 ބިލިއަން ޑޮލަރު. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 1 ބިލިއަން ޑޮލަރުގެ މަދުވުމެއް. މީގެ އިތުރުން، ލޮކްޑައުންގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރެވޭތީ، ބޭރަށް ފުރާ ފަރާތްތަކުން ޑޮލަރު ބޭނުންކުރާ މިންވަރުވެސް ވަރަށް ބޮޑަށް މަދުވި. 2019 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން 333 މިލިއަން ޑޮލަރު ހޭދަ ކުރިއިރު، 2020 ވަނަ އަހަރު ހޭދަކޮށްފައިވަނީ 108 މިލިއަން ޑޮލަރު. އަދި ރެމިޓެންސްގެ ގޮތުގައި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ޑޮލަރު 2020 ވަނަ އަހަރު ވަނީ 595 މިލިއަން ޑޮލަރުން 396 މިލިއަން ޑޮލަރަށް މަދުވެފައި." އަޒާން ވިދާޅުވިއެވެ.
އެހެން ކަމުން ކޮވިޑުތެރޭގައި ޑޮލަރުގެ ޑިމާންޑު އެންމެ ބޮޑަށް އޮންނަ 3 ދާއިރާކަމަށްވާ އިމްޕޯޓު، ބޭރަށް ގޮސް ކުރާ ހަރަދުތައް އަދި ރެމިޓެންސް، އަށް ޑޮލަރު ބޭނުންވި މިންވަރު އޮތީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަޒާން ވިދާޅުވީ އިޤްތިސާދު އެއްކޮށްހެން މަޑުޖެހިފައި އޮތް އެ ދުވަސްވަރުގައި ފައިސާ ޗާޕުކޮށް ސާކިއުލޭޝަނަށް ނެރުމުން، އެ ދުވަސްވަރު ކުއްލިއަކަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ނުދިޔައީ މި ސަބަބުތަކާ ހެދި ކަމަށެވެ.
"އެހެން ނަމަވެސް އޭރުވެސް ޑޮލަރުގެ އަގު ދިޔައީ އުފުލެމުން. ޑޮލަރަށް އޮތް ޑިމާންޑު އާންމު ހާލަތްތަކުގައި އޮންނަ ވަރަށް ނެތް ނަމަވެސް ފަތުރުވެރިކަން ހުއްޓިފައި އޮތުމުން، ޑޮލަރުން ލިބޭ އާމްދަނީ އޭރު ވަރަށް ދަށަށް ދިޔަ." އަޒާންގެ މެސެޖުގައި ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ އައިއެމްއެފްގެ ހިސާބުތަކުން ދައްކާގޮތުން ސެޕްޓެމްބަރު 2020 ގައި ޑޮލަރުގެ އަގު ވަނީ 30 އިންސައްތަ އުފުލިފައި ކަމަށެވެ.
"ކޮވިޑުގެ ހާއްސަ ހާލަތް ނިމި، އިޤްތިސާދު އަލުން ހިނގަން ފެށުމުން، ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވި. މިގޮތުން ހަމަ އެކަނި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން 2025 ވަނަ އަހަރު 484 މިލިއަން ޑޮލަރު ހޭދަކުރި. އަދި ރެމިޓެންސްގެ ގޮތުގައި 661 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވެގެން ދިޔަ. އެމްޑީޕީގެ ވެރިކަމުގައި މާލިއްޔަތު ޤާނޫނުގެ މާއްދާތައް ސަސްޕެންޑުކުރުމަށްފަހު، ޗާޕުކުރި ފައިސާގެ ނޭދެވޭ އަސަރު ކުރަން ފެށީ މިހިސާބުން." އެ މެސެޖުގައި އޭނާ އިތުރަށް ވިދާޅުވިއެވެ.
މިގޮތަށް މިކަން ވާނެ ކަމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުން ވަނީ 2020، 2021، އަދި 2022 ވަނަ އަހަރުގައި އެކި ފަހަރު މަތިން އިންޒާރު ދީފައިވާ ކަމަށާއި އޭރުގެ މާލީ ވަޒީރު އިބުރާހީމް އަމީރު ވިދާޅުވީ ޕްރިންޓުކުރި ފައިސާ “މޮޕް އަޕް” ކުރާނީ ކަމަށް ކަމަށާއި އެމްޑީޕީ ވެރިކަން ނިމުނުއިރުވެސް އެ ފައިސާ މޮޕް އަޕެއް ނުކުރެވުނު ކަމަށެވެ.
އެމްޑީޕީވެރިކަން ނިމި 2023 ވަނަ އަހަރު މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވެ ފައިސާ ޕްރިންޓްކުރުން ނިމުމަކަށް ގެނައި ނަމަވެސް މިފަދަ ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ވަގުތުން ނުފެންނާނެ ކަމަށާއި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާ ފެންނަން ބައެއް ފަހަރު އަހަރުތަކެއް ނަގާފާނެ ކަމަށް އަޒާޏް ވިދާޅުވިއެވެ. ފައިސާ ޕްރިންޓުކުރުން ހުއްޓާލި ނަމަވެސް، އޭރު ޗާޕުކުރި ފައިސާ ސާކިއުލޭޝަނުގައި އަދިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"ޑޮލަރުގެ އަގު އުފުލެނީ އިޤްތިސާދު ތެރޭގައި ލިބެން ހުންނަ ޑޮލަރަށްވުރެ ދިވެހި ރުފިޔާ ގިނަވެ، ކޮންމެ ޑޮލަރެއްގެ ފަހަތުން ދުވާ. ރުފިޔާ ގިނަވުމުންކަން މިއީ އެންމެނަށްވެސް އެނގޭކަމެއް. އެމްޑީޕީ ވެރިކަމުގައި ޗާޕުކުރި ފައިސާގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓިފައި ވަނިކޮށް، މިއަހަރު އިތުރަށް ޑޮލަރުގެ ތާށިކަން ވަނީ ކުރިމަތިވެފަ. މި ތާށިކަން ކުރިމަތިވީ އެމްޑީޕީ ވެރިކަމުގައި ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏެއް މިއަހަރު ދައްކަން ޖެހުމުން އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރު ކުރުމުން ރާއްޖެއަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ދަށަށް ދިޔުމުން. އަދި ތެލުގެ އަގަށް އައި ބަދަލާއި އެކު އިމްޕޯޓަށް ބޭނުންވާ ޑޮލަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި." އޭނާ ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ މި ސަބަބުތަކާ ހުރެ އިޤްތިސާދުގައި ލިިބެން ހުރި ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައި ކަމަށާއި އެހެން ނަމަވެސް ސާކިއުލޭޝަނުގައި ހުރި ރުފިޔާގެ އަދަދަކަށް ބަދަލެއް ނާންނަ ކަމަށާއި އެހެން ކަމުން އިޤްތިސާދުގައި ހުރި ޑޮލަރާއި އަޅާ ބަލާއިރު ރުފިޔާ ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށެވެ.
10 ދުވަސް ތެރޭގައި ޑޮލަރުގެ އަގު 19 އަށް ތިރިކުރަން ޑިމާންޑު ކުރުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި އެމްޑީޕީން ދައްކާ ވާހަކައެއް ކަމަށް އަޒާން ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)