logologologologo
STO
ޚަބަރު

އާސަންދަ ނިޒާމަށް ގެންނަ ބަދަލަކީ މުހިންމު އިސްލާޙެއް: އަޒާން

އާސަންދަ ނިޒާމަށް ގެންނަ ބަދަލަކީ މުހިންމު އިސްލާޙެއް: އަޒާން
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 07

އާސަންދަ ނިޒާމަށް ގެންނަ ބަދަލަކީ މުހިންމު އިސްލާޙެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު އަޒާން ވިދާޅުވެއްޖެއެވެ.

މެމްބަރު އަޒާން މިފަދައިން ވިދާޅުވެ މެސެޖެއް ހިއްސާ ކުރެއްވީ އާސަންދަ ނިޒާމަށް ބަދަލުތައް ގެންނަވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާއި ގުޅިގެންނެވެ.

އަޒާން ވިދާޅުވީ، ​މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން އެމީހުންގެ އާސަންދަ ކަވަރޭޖަށް މާލީގޮތުން ހިއްސާވާންޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ މުހިންމު އިސްލާޙީ ފިޔަވަޅެއް ކަމަށާއި، އެ ނިންމެވުމަށް ފުރިހަމައަށް ތާޢީދުކުރައްވާ ކަމަށެވެ.

​އަޒާން ވިދާޅުވީ، މި ބަދަލުގެ ސަބަބުން އަހަރަކު 287 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދައުލަތުގެ މާލީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

​އާސަންދަ ނިޒާމު އިސްލާހުކުރުމާއި، ދައުލަތުން ދޭ ސަބްސިޑީތައް އެންމެ ޙައްޤުވެރި ފަރާތްތަކަށް އަމާޒުކޮށްގެން ދިނުމަކީ އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކުންވެސް އިރުޝާދު ދެމުންދާ ކަމެއްކަން އަޒާން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގެ މި ނިންމެވުމަކީ އެ މިސްރާބަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މި ނިންމެވުމަކީ އެހެނިހެން ދާއިރާތަކުން ދެވޭ ސަބްސިޑީތައް ވެސް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދޭން ފެށުމުގެ، ފެށުމަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަޒާން ވިދާޅުވިއެވެ.

އާސަންދަ ސްކީމަށް ދައުލަތުން ކުރާ ޚަރަދު އިތުރުވަމުން އަންނައިރު އެވްރެޖްކޮށް އަހަރަކު 2.5 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް މި ސްކީމަށް ޚަރަދު ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް