logologologologo
STO
ޚަބަރު

އަތޮޅުތެރޭގައި އާސަންދަ ޚިދުމަތްދޭ 8 ކައުންޓަރު މިއަދު ހުޅުވައިފި

އަތޮޅުތެރޭގައި އާސަންދަ ޚިދުމަތްދޭ 8 ކައުންޓަރު މިއަދު ހުޅުވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 15

އަތޮޅުތެރޭގައި އާސަންދަ ޚިދުމަތްދޭ 8 ކައުންޓަރު މިއަދު ހުޅުވައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދަ ޚިދުމަތްދޭ އައު 8 ކައުންޓަރުތައް ރަސްމީކޮށް މިއަދު ހުޅުވައިފި ކަމަށެވެ.

އެ ކުންފުނިން ބުނީ މި ކައުންޓަރުތައް ހުޅުވީ، އާސަންދައިގެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކަމަށެވެ.

"ވިރަ ހެލްޕް ޑެސްކް"ގެ ނަމުގައި އާސަންދައިގެ ޚިދުމަތް ލިބޭ ކައުންޓަރު އަލަށް ޤާއިމުކުރި ހޮސްޕިޓަލްތަކުގެތެރޭގައި:

ރ. އުނގޫފާރު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ޅ. ނައިފަރު، ޅ. އަތޮޅު ހޮސްޕިޓަލް

ބ. އޭދަފުށި، ބ. އަތޮޅު ހޮސްޕިޓަލް

އދ. މަހިބަދޫ، އދ. އަތޮޅު ހޮސްޕިޓަލް

ދ. ކުޑަހުވަދޫ، ދ. އަތޮޅު ހޮސްޕިޓަލް

ލ. ގަން، ގަމު ރީޖަނަލް ހޮސްޕިޓަލް

ގދ. ތިނަދޫ، ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

ޏ. ފުވައްމުލައް، ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލް ހިމެނެއެވެ.

މީގެއިތުރުން، ހދ. ކުޅުދުއްފުށި- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް, ފ. ނިލަންދޫ - ފ. އަތޮޅު ހޮސްޕިޓަލް، އައްޑޫ ސިޓީ/ ހިތަދޫ - އައްޑޫ އޮފީހުން މި ޚިދުމަތް ލިބެއެވެ.

މާލެ ސަރަހައްދުގައި، އައިޖީއެމް ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް މި ކައުންޓަރު ވަނީ ޤާއިމުކޮށްފައެވެ.

އާސަންދަ ސްކީމަކީ ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ދައުލަތުގެ ބެސްފަރުވާގެ ނިޒާމެކެވެ.

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް