logologologologo
STO
ޚަބަރު

އެމްޑީޕީ ސަރުކާރުން ދުނިޔޭގެ ބާޒާރުގައި ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ޚަލާސްކޮށްފި!

އެމްޑީޕީ ސަރުކާރުން ދުނިޔޭގެ ބާޒާރުގައި ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ޚަލާސްކޮށްފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 02

ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކު މި ސަރުކާރުން ދައްކާ ޚަލާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން މާލީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑް (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ ސްކޫކަށް ދައްކަންޖެހޭ 500 މިލިއަން އެމެރިކާ ޑޮލަރާއި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއިއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

މާލީ ވުޒާރާއިން ބުނީ މި ފައިސާ ދެއްކުމުގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ.

"2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައި ވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑް އަދާ ކުރުމަށެވެ. ދުނިޔެއާއި ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑު އަގެއްގައި މި ސުކޫކުތައް ވިއްކާފައި ވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ. ނަމަވެސް 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިޤްތިޞާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނޭ ގޮތަށް ސުކޫކު އަނބުރާ ދެއްކުމުގެ މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ވަނީ ފަށައިފައެވެ." މާލީ ވުޒާރާގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މާލީ ވުޒާރާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެސްޑީއެފަށް ބޭރުފައިސާ ޖަމާކުރަން ފެށުމަކީ އެންމެ ފުރަތަމަ ތަނފީޒު ކުރަންފެށި އެއް ސިޔާސަތު ކަމަށާއި މީގެއިތުރުން އެއާޕޯޓް ޑިވޮލޮޕމަންޓް ފީގެ ރޭޓް 2024 ގައި ބޮޑުކުރުން ހިމެނޭކަމަށް އެ ވުޒާރާއިން ބުންޏެވެ.

 

 

މި ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ އިތުރުވި ކަމަށާއި ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަުގެ މާރިޗް މަސް ނިމުނުއިރު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސް 1.3ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވި ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި މިއީ ރާއްޖޭގެ ތާރީޚްގައިވެސް ދައުލަތުގެ ރަސްމީ ރިޒާވް މި މިންވަރަށް އިތުރުވި ފުރަތަމަ ފަހަރުކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ނިމުނުއިރު ދައުލަތުގެ ދަރަނި ވަނީ 62 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

MALDIVE GASAllied Insurance
އިތުރަށް