ބޭރުގައި ކިޔަވަންތިބި ދަރިވަރުންނަށް ވަޒީރު ދެއްވީ އުފާވެރި މެސެޖެއް!

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ތަޢުލީމާއި މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު އުފާވެރި މެސެޖެއް ދެއްވައިފިއެވެ.
މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ދެއްވި އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ އެންމެ ފުރަތަމަ ކުރަން ޖެހިފައިވާ ކަމަކީ ވާނުވާ ނޭނގި ގުޅަން ޖެހިފައިވާ ތަނަކާ މެދު ސުވާލު އުފެދި، ދަރިވަރުން ގޮތް ހުސްވާ މައްސަލަ ހައްލު ކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަތީ ތަޢުލީމާ ގުޅޭ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވިއިރު، އެ ވުޒާރާގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަވީ ދަރިވަރުންގެ މައްސަލަތައް ހައްލު ކުރުމަށް ފޯނުން ޖަވާބުދާރީ ނުވުމުގެ މައްސަލަ ކަމަށެވެ.
ވަޒީރު ޝަފީޢު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސްކޮލާޝިޕްތަކާއި ލޯނުތައް ނަގައިގެން ކިޔަވާ ދަރިވަރުންނަށް އެ ވުޒާރާއާ ނުގުޅި ނުވަތަ ވާނުވާ ނޭނގޭ ކަންކަން ހައްލު ކުރަން ކަމަށެވެ.
"ޚިދުމަތް ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް ފަސޭހަ ގޮތަކަށް ޖަވާބުތައް ފޮނުވައި ގުޅުން ވަރުގަދަ ކޮށްލެވިއްޖިއްޔުާ ވަރަށް ގިނަ ކަންތައްތައް ހައްލު ކުރެވޭނެ ކަމަށް ބެލެވޭ، އަޅުގަނޑު އެންމެ އިސްކަން ދެނީ އެ ކަަމަށް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަށް ފަހު ނޫނީ އެ ވުޒާރާގެ އެހެން ކަންކަމަށް އިސްކަން ނުދެއްވާނެއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ކުރަމުން އައި މަސައްކަތްތަކުގެތެރެއިން އެކި ލޯނުތަކާއި ސްކޮލާޝިޕްތަކުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ނުލިބި ދަރިވަރުންނާއި ބެލެނިވެރިން ޝަކުވާ ކުރާތާ އެތައް ދުވަހެކެވެ.
ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްތަކުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ 1،800 އަށްވުރެ ގިނަ ދިވެހި ދަރިވަރުން މިހާރު އެބަތިއްބެވެ.
ސަރުކާރުގެ ވުޒާރާތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށް، ބައެއް މިނިސްޓްރީތައް އެއްކޮށްލެއްވިއިރު، ތަޢުލީމީ ވުޒާރާއާއި މަތީ ތަޢުލީމާބެހޭ ވުޒާރާ އެއްކޮށްލުމަށްފަހު، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ނަމުގައި އުފެއްދި ވުޒާރާ ހަވާލުކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއާއެވެ.
އިތުރަށް





.gif.gif&w=828&q=100)
