logologologologo
STO
ޚަބަރު

ޖީޕީއީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބައްދަލުވުމުގައި ތަޢުލީމީ ވަޒީރު ބައިވެރިވެވަޑައިގެންފި

ޖީޕީއީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބައްދަލުވުމުގައި ތަޢުލީމީ ވަޒީރު ބައިވެރިވެވަޑައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 05

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ބޯޑް އޮފް ޑިރެކްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންފިއެވެ.

ޖޫން 3 އިން 4 އަށް، ފްރާންސްގެ ޕެރިހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ކޮންސްޓިޓުއެންސީގެ މަންދޫބެއްގެ ގޮތުގައެވެ.

ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ސެޝަންތަކުގެ ތެރޭގައި، ބައިނަލްއަޤްވާމީ މާޙައުލުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރާ މާލީ އަސަރުތަކާ ބެހޭގޮތުންނާއި، ފައިނޭންސް އެންޑް ރިސްކް ކޮމިޓީން ހުށަހަޅާފައިވާ މުހިންމު ނިންމުންތަކާ ގުޅޭގޮތުން ވަޒީރު ވަނީ އިސްތިރާޖީ މަޝްވަރާތައް ކުރައްވާފައެވެ.

މީގެއިތުރުން ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ފައުންޑޭޝަން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އާއި ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންފައިވެއެވެ. މި އިފްތިތާޙީ ރަސްމިއްޔާތު ބޭއްވުނީ 2026 ޖޫން 2 ގައި ފްރާންސްގެ ޕެރިހުގައެވެ. މި ރަސްމިއްޔާތު ކުރިއަށް ދިޔައީ ޖީ.ޕީ.އީ ގެ ބޯޑް ބައްދަލުވުމުގެ ހަވާސާގައެވެ.

ޖީ.ޕީ.އީ ފައުންޑޭޝަނަކީ އަމިއްލަ ފަރާތްތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ގުޅިގެން އައު އަދި އީޖާދީ ގޮތްގޮތަށް ބައިވެރިވުންތައް އިތުރުކޮށް، އާމްދަނީ ދަށް ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ބަދަލުކުރުމަށް ޖީ.ޕީ.އީ އިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭ ފައުންޑޭޝަނެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް