އަންނަ ހަފްތާ ތެރޭގައި ފްލެޓު އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދާނެ: މުއްތޮލިބް

ރަނގަޅު އިންތިޒާމުތަކަކާއެކު އަންނަ ހަފްތާގެތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިކަމާ ގުޅޭގޮތުން އަހާ ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ފްލެޓްތަކާ ގުޅިގެން ހުށައެޅި މައްސަލަތަކާ ޝަކުވާތައް ބަލާ، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ، މި މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަމުންދަނީ، ހުށައަޅާފަވާ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީކަމަށެވެ. މި މަޢުލޫމާތުތަކަކީ ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތައް މެދުވެރިކޮށް ކަށަވަރުކުރާ މަޢުލޫމާތަށްވާތީ، އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަވާކަމަށެވެ.
ވަޒީރު ވިދާޅުވީސަރުކާރުން ވަޢުދުވެފަވާގޮތަށް މިމަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.
"މި ހުރިހާ މަސައްކަތްތަކާއެކު އަންނަ ހަފްތާފައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ. އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދޭ. ކުރިންވެސް ބުނިގޮތަށް އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ." ވަޒީރު މުއްތޮލިބް
4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" މަޝްރޫޢުގައި ފްލެޓް ދީފައިވާގޮތާގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން، މި ސަރުކާރުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މި މަސައްކަތް ކުރިއަށްގެންދިޔަގޮތް ވަނީ ބަލާފައެވެ.
މި ސަރުކާރުން ފްލެޓާ ގުޅޭ އައު ލިސްޓެއް އެކުލަވާލާފައެއް ނުވެއެވެ. ސަރުކާރުން ބަލަމުންދަނީ، 2023ވަނަ އަހަރު ނޮވެމްބަރު މަހު 15 ވަނަ ދުވަހު، ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ ޝަރުތު ހަމަވާ ފަރާތްތަކެއްތޯއެވެ.
އިތުރަށް





.gif.gif&w=828&q=100)