logologologologo
STO
ޚަބަރު

ވަޒީރުންގެ "އަހާ" ފޯރަމް މިރޭ

ވަޒީރުންގެ "އަހާ" ފޯރަމް މިރޭ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 27

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު އާންމުންނަށް ހިއްސާކުރުމަށާއި، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ "އަހާ" ފޯރަމް މިރޭ އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 21:00 އިން ފެށިގެން ދެ ގަޑިއިރުގެ މުއްދަތަށެވެ. މިފަހަރުގެ ފޯރަމްގައި ސަރުކާރުގެ ތިން ވުޒާރާއެއްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

• ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

• މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

• ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ވަނީ ފުޅާކޮށް ހުޅުވާލާފައެވެ. އެގޮތުން ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސީދާ ސުވާލުކުރުމުގެ އިތުރުން، "ޕީއެސްއެމް އެއަރ" އެޕްލިކޭޝަން މެދުވެރިކޮށްވެސް ވަޒީރުންނަށް ސުވާލު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

2024 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްތަކަކީ ސަރުކާރުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށާއި، ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް