ޙައްޖަށް ދިއުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ޑރ. މުޢިއްޒުގެ ވެރިކަމުގައި ކުޑަ ކުރެވޭނެ: ޝަހީމް

ދިވެހިރާއްޖެއިން ޙައްޖަށް ދިއުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގައި، ކުޑަކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަރުކާރުން ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ރާއްޖޭގައި ޙައްޖަށް މީހުން ފޮނުވުމުގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު ވަޢުދުތަކުގެ ތެރެއިން ވަޢުދެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ އެކަމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް އިސްކަންދެއްވާ މަސައްކަތެއް ކަމަށާއި ޙައްޖަށް ދިއުމުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ވަކި ތަޞައްވުރެއްގެ ދަށުން ކުރިއަށް ގެންދާ ކަމަށެވެ.
އަދި ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގައި މިކަމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނެ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ޙައްޖަށް ދިއުމަށް ހޭދަވާ ޚަރަދު 50,000 ރުފިޔާއަށް ކުޑަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވެސް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)