ޤުރުއާން ހިތުދަސް ކުރަމުން އަންނަ ދަރިވަރުންގެ އަދަދު 2000 އަށް ވުރެ ގިނަ

ރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތު ދަސްކުރަމުން އެބަ ދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ މިވަގުތާ ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތު ދަސްކުރަމުން ގެންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެންމެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން ދަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ އިތުރުން ޢިލްމު އިންސްޓިޓިއުޓްގައި ކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ޙާފިޒުން އިތުރުވަމުން ދާ ކަމީ އުފާވެރި ކަމެއް ކަމަށާއި ވަކިން ޚާއްސަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މި ވަގުތާ ހަމައަށް ރާއްޖޭގެ ޙާފިޒުންގެ އަދަދު 322 އަށް އަރައިފައިވާ ކަމަށާއި އަންނަ ރޯދަ މަހު، ގިނަ އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޙާފިޒުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭ ކަމަށާއި އަމާޒުކަމަކީ މި ދައުރުގެ ތެރޭގައި ޙާފިޒުންގެ އަދަދު 500 އަށް އެރުވުން ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
"ރައީސް ޑރ. މުއިއްޒު ޙާފިޒުންނަށް ހިއްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރައްވާފައި ވޭ. ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައްވަނީ ފުޅާކޮށްފައި." ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރުވާނީ 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ހިންގަން ފަށާފައިވާ ކަމަށާއި އަދި އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.
އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫޢު ގެންދިއުން ކަމަށާއި ރަށް ރަށުގައި ހިންގާ ޤުރްއާން މަރުކަޒުގެ ގޮފިތަކުގައި، އިމާމުންނަށް ވެސް ޤުރްއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް އިތުރުކުރަމުން ދާ ކަމަށް ވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)