މި ސަރުކާރުން ތަރައްގީ ކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމެއް ހޯދަނީ

އަންނަ މަހު ބިންގާ އަޅާ، ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމެއް ހޯދަން އާއްމުންގެ ހިޔާލު ދެއްވުމަށް އިސްލާމީ ކަންތައްތަަކާއި އައުގާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހި ދެމެދުގައި ތަރައްގީ ކުރާ އެ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ފާހަގަކުރާ ރާއްޖެ އިސްލާމްވިތާ 900 އަހަރުވީ ދުވަހެވެ. އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރު ވަނީ އެ ވުޒާރާ ހަވާލުކޮށްފައެވެ.
ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މިސްކިތަށް ކިޔާނެ ނަމަކާ މެދު ހިޔާލު ދެއްވުމަށް އެދޭ ކަމަށެވެ.
ޝަހީމް މީގެ ކުރިން ވިދާޅުވީ، ހުޅުމާލޭގެ ބޮޑު މިސްކިތް ވާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށް ކަމަށެވެ.
މި މިސްކިތް ވާނީ އީމާންކަމާއި އިލްމާއި ވަހުދަތު ފަތުރައިދޭ މުހިންމު މަރުކަޒަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި އެ ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. އެ މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނެއެވެ.
އިތުރަށް





.gif.gif&w=828&q=100)