އިސްލާމްދީން ދިވެހިންނަށް ގެނެސްދިން ރައްކާތެރިކަން ދަންނަންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

މީގެ 900 އަހަރު ކުރިން އިސްލާމްދީން ދިވެހިންނަށް ގެނެސްދިން ބަދަލުތައް އަޅުގަނޑުމެން ދަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިރޭ ތަޤްރީރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މީގެ ނުވަސަތޭކަ އަހަރުކުރިން އިސްލާމްދީން އަޅުގަނޑުމެންނާ ހަމައަށް އައިރު، އަޅުގަނޑުމެން ތިބި ޙާލާއި، މި މާތް ދީން އަޅުގަނޑުމެންނަށް ގެނައި ބަދަލުތަކުގެ މައްޗަށް ބަލައިލުމަކީ މި ރަސްމިއްޔާތާ ވަރަށް ގުޅޭ އެހާމެމުނާސަބު ކަމެއްކަމުގައި އަޅުގަނޑު ދެކިވަޑައިގަންނަވާ ކަމަށެވެ.
"އިސްލާމްދީން ދިވެހީންގެ ފަރުދީ ހަޔާތަށް، އިޖުތިމާޢީ ޙަޔާތަށް ސިޔާސީ އަދި ޤައުމީ ޙަޔާތަށް ގެނެސްދިން ރައްކާތެރިކަމާއި އުންމީދާއި އުފާވެރިކަމަކީ އަޅުގަނޑުމެން ދަންނަން ޖެހޭނެ އަދި އަޅުގަނޑުމެންގެ ދަރީންނަށް ފޯރުވައިދޭން ޖެހޭނެ މުހިންމު ޙަޤީޤަތްތަކެއް. އާދެ! އެކަމަށް ޓަކައި އެންމެ ފުރަތަމަ އިސްލާމްދީން އިންސާނާއަށް ގެންނަ ބަދަލުތަކާ މެދު ވިސްނާލަމާތޯ؟" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިސްލާމީ ޝަރިޢަތް ބިނާވެގެންވަނީ މައިގަނޑު ފަސްކަމެއް ޙިމާޔަތްކޮށް ރައްކާތެރިކޮށް ދިނުމަށް ކަމަށާއި އެހެންކަމުން އިސްލާމްދީން ތަނަކަށް އައުމުން މި ފަސް ރަށްކާތެރިކަން އެ ތަނަކަށް އެ ތަނުގައި ދިރިއުޅޭ ބަޔަކަށް ކަށަވަރުވާނެ ކަމަށެވެ.
މި ފަސްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ އިސްލާމީ ޙިދާޔަތާއިއެކު ދިވެހިންނަށް މި 5 ކަންތަކުގެ މައްޗަށް ރައްކާތެރިކަން ލިބިގެންދިޔަ ކަމަށާއި އެއީ ދީނުގެ ރައްކާތެރިކަމާއި ނަފްސު ނުވަތަ ފުރާނައިގެ ރައްކާތެރިކަމާއި ބުއްދީގެ ރައްކާތެރިކަމާއި އަބުރުގެ ރައްކާތެރިކަމާއި މުދަލުގެ ރައްކާތެރިކަން ކަމަށެވެ.
މި ބަހާތަކުގެތެރެއިން މުދަލުގެ ރައްކާތެރިކަމުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އޭރު ގޭގޭގެ މައިދޮރުގައި ތަޅުލާކަށް ނުޖެހޭ ކަމަށާއި ބައެއް ރަށްރަށުގައި ފިހާރަޔަށް އެއްޗެތި ގަންނަން އަންނަ މީހާއަތަށް ފިހާރައިގެ ތަޅުގަނޑި ދިއްކޮށްލާ ކަމަށާއި ނުވަތަ ހުޅުވާފައި ހުރިއްޔާ ބޭނުން އެއްޗެއް ނަގައިގެންދާށޭ، ލާރި ނުގެނެވެންޏާ މޭޒުމަތީ ފޮތުގައި ލިޔެލާށޭ ތަނުގެ ވެރިމީހާ ބުނާ ކަމަށެވެ.
"މިއީ ދިވެހީން ދެކެފައިވާ ދިވެހި އިސްލާމީ އިތުބާރު. އިސްލާމްދީން ރާއްޖޭގައި އުފެއްދި ޔަޤީންކަން. ރައްކާތެރިކަމާއި ކަށަވަރުކަން. އެހެންވީމާ އިސްލާމްދީނަކީ ހަމައެކަނި ރޫޙާނީ ދީނެއް ނޫން." އެމަނިކުފާނުގެ ތަޤުރީރުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނަކީ ރޫޙާނީ ތަރުބިއްޔަތެއް ކަމަށާއި އެއީ ނަފުސާނީ ތަސައްލީއެއް ކަމަށާއި އެއީ މާއްދީ ތަރުބިއްޔަތެއް އަދި އަޚްލާޤީ ޙަޤީޤަތެއް ކަމަށެވެ. އަދި އިސްލާމްދީނަކީ ހުރިހާ ސަލަމާތަކާއި ރައްކާތެރިކަމުގެ މަތިވެރި އިލާހީ ނިޢުމަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)