ވަޒީރު ޑރ. ޝަހީމް ސަޢުދީއަށް ފުރާވަޑައިގަންނަވައިފި

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ޚާއްސަ ދަޢުވަތަށް، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިގެއިތުރުން ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން ކޮމްޕެޓިޝަންގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ވަޒީރު ޑރ. ޝަހީމް އިއްޔެ ވަނީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ގުޅުން އިތުރަށް ބަދަހިވެފައިވާއިރު، ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާއިން އިތުރު ލުއިފަސޭހަ އިންތިޒާމުތަކެއްވެސް ހަމަޖައްސަވައިދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)