އޮގަސްޓް މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ!

އޮގަސްޓް މަހުން ފެށިގެން ފަންނަުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށޭނެ ކަމަށް ޒުވާޏުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބުރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށް ގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ދެންނެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޙީދު ވިދާޅުވީ ރާއްޖޭގެ ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ މުހިއްމު ނިންމެވުމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ރައީސްގެ މި ސިޔާސަތާއި އެއްގޮތަށް، ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ބޭނުންވާ އުޞޫލުތައް ހެދުމުގައި ފަންނުވެރިންގެ ލަފަޔާއި އެފަރާތްތަކުގެ ޚިޔާލު ހޯދާފައިވާ ކަމަށާ މިހާރު އެކަމުގެ ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވަޙީދު ވިދާޅުވިއެވެ.
އަދި މިކަމަށްޓަކައި ޚާއްޞަ ޕޯޓަލްއެއް މެދުވެރިކޮށް އެހީއަށް އެދެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ފަންނުވެރިންނަށް ޚާއްޞާކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރު އެ ތަން ހުޅުވާ ފަންނުވެރިންނަށް ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ވަޒީރު އިބުރާހީމް ވަޙީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެމަތިން ފަންނުވެރިކަން ކުރިއަރުވާ ދިވެހި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެމަނިކުފާޏުގެ ސިޔާސަތެކެވެ.
އިތުރަށް





.gif.gif&w=828&q=100)