logo
logo
ސަނީ އުމަރު 2 ވަނަ ފަހަރަށް ފުރުވާލަން އެހީތެރިވެދިނީ އެމްޑީޕީގެ މެންބަރު ކުޑޫ ؟

ސަނީ އުމަރު 2 ވަނަ ފަހަރަށް ފުރުވާލަން އެހީތެރިވެދިނީ އެމްޑީޕީގެ މެންބަރު ކުޑޫ ؟

2025 ޑިސެމްބަރު 02
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ސަނީ އުމަރު 2 ވަނަ ފަހަރަށް ފުރުވާލަން އެހީތެރިވެދިނީ ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރާ އެމްޑީޕީގެ މުުހައްމަދު އިބްރާހިމް (ކުޑޫ) ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފި އެވެ.

ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަނީ އުމަރު ރާއްޖެ ދޫކޮށް ފިލައިގެންދާން އުޅެނިކޮށް މަތިންދާބޯޓު ތެރެއިން 2 ވަނަ ފަހަރަށް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މިދިޔަ ހަފުތާގައި ވެސް ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެނބުރި މާލެ އައީ އިއްޔެ ހަވީރުގެ ވަގުތެއްގެ އެވެ. ސަނީ އުމަރު އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަކަށް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ.

އަލުން  އޭނާ ހައްޔަރު ކުރީ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް މިރޭ ފުރަން އޮތް މަތިންދާބޯޓަކަށް އަރައި އިންދަ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ފުރުމަށް އެހީތެރިވެދިނުމުގައި އެންމެ އިސްކޮށް އުޅުނީ މެންބަރު ކުޑޫ ކަމަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އެކިމީހުން އަންނަނީ ބުނަމުންނެވެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު އުޅޭ ޓެލެގްރާމް ޗެނަލް އެމްވީ ކްރައިސިސްގައި ވެސް މެންބަރު ކުޑޫ، ސަނީ އުމަރު 2 ވަނަ ފަހަރަށް ފުރުވާލަން އެހީތެރިވެދިން ކަމަށް ބުނެފައިވެ އެވެ.

ސަނީ އުމަރަކީ އެމްޑީޕީ އާއި ގާތް ގުޅުމެއް އޮންނަ މީހެއްކަމަށް ދުވެލިއަށް މައުލޫމާތު ލިބިފައިވެ އެވެ.

7ee9cbed-c9f4-4ad6-a0c6-1afb5c11ec90.jpg

 

ސަނީ އުމަރުއަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ އެއް ހިއްސާދާރެވެ. ނަމަވެސް ޖިންގީ ގޯނާގެ މައްސަލަ ފެންމަތިވުމާއިއެކު އޭނާޣެ ހިއްސާ އަތުލަން ނިންމާފައިވާކަން އެކުންފުނީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް