logo
logo
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަންފަށައިފި!

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަންފަށައިފި!

2025 ޖުލައި 18
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަންފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ ބަލަމުންދަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު 12:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލާގައި ކުޑަކުއްޖަކު ހިމެނޭތީ އެކުއްޖާގެ ކަރާމާތަށްޓަކައި މައްސަލަ ހިނގި ރަށުގެ ނަން ފުލުހުން ހާމައެއް ނުކުރެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް