
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ ހަމަޖައްސަން މަޖިލީހަށް ފޮނުވައިފި
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުސްވެފައިވާ ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް، އައިޝަތު އަސްނާ ހަމްދީ އައްޔަނުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްެއެމްއޭގެ ދެވަނައަށް އެންމެ އިސް މަގާމަށް އަސްނާ ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު އޭނާގެ ނަން ފޮނުއްވިކަން ވަނީ އިއުލާންކޮށްފަ އެވެ. އަދި މަޖިލީހުން ރުހުން ދިނުމުގެ ކުރިން އޭނާގެ ނަން ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ މިއަދު ފޮނުވައިފަ އެވެ.
އެމްއެމްއޭގެ އެކި އިސް މަގާމުތަކުގައި 15 އަހަރެއްހާ ދުވަހު ހިދުމަތް ކުރައްވާފައިވާ އަސްނާ މިހާރު ހުންނެވީ، ދާދި ފަހުން އުފެއްދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމުގައި ހުންވައިގެން އަސްނާ ގެންދަވަނީ ފައިނޭންޝަލް އަދި ކޮންސިޔުމާ ސެކްޝަން ހެޑް ކުރައްވަމުންނެވެ.
އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަހުން މަހަށް ރަސްމީ ރިޒާވަށް 50 މިލިޔަން ޑޮލަރުގެ އިތުރުވުމެއް!2025 އޮކްޓޯބަރު 14
ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން އިގްތިސޯދުގައި އިތުރުވި 2.1 ބިލިއަން ރުފިޔާ ނަގައިފި2025 އޯގަސްޓު 07
ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިޢުފާދެއްވައިފި!2025 މާރިޗު 17
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި2025 މާރިޗު 11