
ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން އިގްތިސޯދުގައި އިތުރުވި 2.1 ބިލިއަން ރުފިޔާ ނަގައިފި
ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިގްތިސޯދުގައި އިތުރުވި ފައިސާގެ ތެރޭން 2.1 ބިލިއަން ރުފިޔާ، އޯޕަން މާކެޓު އޮޕަރޭޝަން ހިންގައިގެން އެމްއެމްއޭއިން އިން ނަގައިފި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އިގްތިސޯދުގައި އިތުރުވެފައި ހުރި ފައިސާގެ އަދަދު ހަތް ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެމްއެމްއޭ އިން ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް މިދިޔަ މަހުގެ 23 ގައި ފަށާފައިވާ ކަމަށެވެ.
ރިވާސް ރީޕަޗޭސްގެ ފުރަތަމަ އޮޕަރޭޝަނުން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފަ އެވެ. އެމްއެމްއޭ އިން ބުނީ، އަމާޒަކީ ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުން ކަމަށެވެ.
ފައިސާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުރީ ސަަރުކާރުގައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަގުތީ ސަސްޕެންޝަން ގެނެސް، ޕަބްލިކް ބޭންކް އެކައުންޓުން (ޕީބީއޭ) ސަރުކާރުން އޯވަޑްރޯކޮށް އަދި އޯވަޑްރޯ ކުރެވިފައިވާ އަދަދުތައް ތިން ފަހަރު ދިގު މުއްދަތުގެ ބޮންޑުތަކަކަށް ބަދަލުކުރުމުގެ ސަބަބުން، ޕީބީއޭ އިން އޯވަޑްރޯކުރުމަށް ޖާގަ ލިބުމާ ގުޅިގެން ބޭންކިން ނިޒާމުގައި ދައުރުވަމުންދާ ރުފިޔާ ލިކުއިޑިޓީ ވަނީ ވަރަށް ބޮޑުތަނުން އިތުރުވި އެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައިސް ފައިސާ ޗާޕު ކުރުން ވަނީ ހުއްޓާލާފަ އެވެ. މި ބަދަލާއެކު އިގްތިސޯދުގައި ދައުރުކުރާ ފައިސާގެ އަދަދު ދަށަށް ދިޔަ އެވެ.
މިކަމުގެ ސަބަބުން އިގްތިސޯދުގައި ދައުރުވާ ބޭރު ފައިސާގެ އަދަދު އިތުރުވެ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުޑަވެގެން ނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަހުން މަހަށް ރަސްމީ ރިޒާވަށް 50 މިލިޔަން ޑޮލަރުގެ އިތުރުވުމެއް!2025 އޮކްޓޯބަރު 14
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ ހަމަޖައްސަން މަޖިލީހަށް ފޮނުވައިފި2025 އޭޕްރީލު 30
ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިޢުފާދެއްވައިފި!2025 މާރިޗު 17
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި2025 މާރިޗު 11