
ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު އިސްމާޢީލް ނަވީންއާ ހަވާލުކޮށްފި!
ޒައުޖަތު އަޙުމަދުކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާ ހަވާލުކޮށްފިއެވެ.
ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިހުސާން ރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަޙުޤީޤުގެ މަސައްކަތްކަމަށްވެފައި އެތަޙުޤީޤުގެ ކަންކަމާ އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށްވާތީ ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާޢު ރޭގެ ވަގުތެއްގައި ވަނީ އެ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ.
ޝުޖާޢު އިސްތިޢުފާ ދެއްވުމާއި ގުޅިގެން ވަޒީރު އިހުސާން އެންމެ ފުރަތަމަ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
ޢަލީ ޝުޖާޢު އިސްތިޢުފާ ދެއްވާފައި މިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއި ގެއިން އަންހެނަކު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރުމުގައި ފުލުހުން އިންސާފުވެރި ނޫން ކަމަށްބުނެ، ވެއްޓުނު އަންހެން މީހާއަށް އިންސާފު ހޯޑާ ދިނުމަށާ ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަދި ދަތުރުފަތުރާބެހޭ ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާ އިސްތިޢުފާދެއްވުމަށް ގޮވާލާ މާލޭގައި ޒުވާނުންތަކެއް ސިލްސިލާކޮށް މުޒާހަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އީ-ވިސާ: ފެނިގެން މިދަނީ މީގެ ދޮޅު އަހަރު ކުރިން ރައީސް ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ2025 ނޮވެމްބަރު 10
އޮކްޓޫބަރު 3 ގައި ބޭނުންކުރި ތޫނު އަޑު ފޮނުވާ ހަތިޔާރު 2023 މެއި މަހު ބޭނުންކޮށްފައިވޭ: އިހްސާން2025 އޮކްޓޯބަރު 06
ލިބުނު ފުރުސަތުގައި ކޮރަޕްޝަން ހުއްޓުވަން ނޫޅެ މިއަދު ކުރަން މިއުޅެނީ ކީއްތޯ: އިޙްސާން2025 ސެޕްޓެމްބަރު 30
"މޯލްޑިވްސް 2.0" އަކީ އީ-ވޯޓިންގ ގެނައުމަށް ކުރެވޭ މަސައްކަތެއް ނޫން: އިޙުސާން 2025 މޭ 11