
"މޯލްޑިވްސް 2.0" އަކީ އީ-ވޯޓިންގ ގެނައުމަށް ކުރެވޭ މަސައްކަތެއް ނޫން: އިޙުސާން
ޒައުޖަތު އަޙުމަދު"މޯލްޑިވްސް 2.0" އަކީ އީ-ވޯޓިންގ ގެނައުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް 2.0"ގެ މަޤްސަދަކީ ރާއްޖޭގައި ދެފުށް ފެންނަ ހާމަކަންބޮޑު ހިންގުމުގެ ނިޒާމެއް ޤާއިމުކުރުން ކަމަށާއި އެއީ އެއްވެސް މާނައެއްގައި އީ-ވޯޓިންގ ގެނައުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ކުރިއަށްދާ "މޯލްޑިވްސް 2.0" ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޙްސާން ވިދާޅުވީ "މޯލްޑިވްސް 2.0"އަކީ ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށާ އެއީ އެއްވެސް މާނައެއްގައި އީ-ވޯޓިންގ ގެނައުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށެވެ.
އިޙުސާން ވިދާޅުވީ މިހާރު މިއޮތް ނިޒާމަކީ ދައުލަތުގެ އިދާރާތަކަށް ޚިދުމަތް ހޯދަން އަންނަ ރައްޔިތުން އެއް ޚިދުމަތަކަށް އެދި އެކި އިދާރާތަކަށް ދާންޖެހޭ އަދި އެކި ފަހަރުމަތިން ފޯމުތައް އެކި އިދާރާތަކުގެ ޕޯޓަލްތަކަށް އަޕްލޯޑުކުރުމުގެ ނިޒާމެއް ކަމަށެވެ. މީގެ ސަބަބުން ޚިދުމަތް ހޯދަން ދާ މީހާއާ ގުޅުން އޮންނަ ނުވަތަ ދަންނަ މީހުންނާއި ފައިސާއަށް ޚިދުމަތް އަވަސްކޮށްދިނުމުގެ ސަގާފަތެއް ރާއްޖޭގައި ޤާއިމުވެފައިވާކަމަށެވެ. ނަމަވެސް "މޯލްޑިވްސް 2.0"އާއެކު އެސަގާފަތް ބަދަލުވެގެންދާނެކަމަށެވެ. އަދި މިއީ އޯގާތެރި ދައުލަތެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިއީ އީވޯޓިންގއަށް ސަރުކާރުން ތައްޔާރުކުރަމުންދާ ނިޒާމެއްކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ވަޒީރު އިޙްސާންވަނީ އެފަދަ ކަމެއް ހިނގަމުން ނުދާކަމުގެ ޔަގީންކަން ދެއްވާފައެވެ.
"މޯލްޑިވްސް 2.0"ގެ އެއްވެސް މަޤްސަދެއްގައި އަދި ފޮރުވިފައިވެސް އަދި ހާމަކަމާއެކުގައިވެސް އީވޯޓިންގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނޯންނާނެ." ވަޒީރު އިޙްސާން ވިދާޅުވިއެވެ.
އިޙްސާން ވިދާޅުވީ "މޯލްޑިވްސް 2.0"ގައި ސަރުކާރުން ޤާއިމުކުރާނީ ހާމަކަން ބޮޑު ނިޒާމެއްކަމަށާ އެ ނިޒާމުގެ ދަށުން އެއްވެސް ފަރުދެއް އަދި ރަށެއް ބާކީނުކޮށް، ޚިދުމަތްދެވޭ ސިސްޓަމްތަކެއް ޤާއިމުކުރެވޭނެކަމަށެވެ.
އަދި އެ ނިޒާމަކީ ދައުލަތުގެ ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅިފައިވާ އަދި ތަކުރާރުކޮށް އެއްމަޢުލޫމާތުތަކެއް އިދާރާތަކަށް ހުށައަޅަން ނުޖެހޭނެ ފަދަ ނިޒާމަކަށް ވެގެންދާނެކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މީގެއިތުރުން އެ ނިޒާމަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީގޮތުން ވަރުގަދަ ސައިބަރ ނުރައްކަލަށް ކުރިމަތިލެވޭފަދަ ނިޒާމެއްކަމަށާއި އަދި ޒިންމާދާރުކަމާއެކު ނަތީޖާ ނެރެވޭ އަދި ޚަރަދު ކުޑަ ނިޒާމަކަށް އެ ނިޒާމުވެގެންދާނެކަމުގެ ޔަގީންކަން އިޙްސާންވަނީ ދެއްވައިފައެވެ.
ވަޒީރު އިޙުސާން މިފަދައިން ވިދާޅުވެފައިވާއިރު، ދައުލަތުގެ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން އިފްތިތާޙް ކުރި "މޯލްޑިވްސް 2.0" އަކީ އިލެކްޓްރޯނިކް ވޯޓިން ތަޢާރަފުކޮށް، އިންތިޚާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
"މޯލްޑިވްސް 2.0"ގެ ބޮޑެތި މަސައްކަތްތައް އަންނަ އަހަރު ފެށޭނެ2025 ނޮވެމްބަރު 11
އީ-ވިސާ: ފެނިގެން މިދަނީ މީގެ ދޮޅު އަހަރު ކުރިން ރައީސް ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ2025 ނޮވެމްބަރު 10
"މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އިމިގްރޭޝަންގެ ޑިޖިޓަލް ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި2025 ނޮވެމްބަރު 10
އޮކްޓޫބަރު 3 ގައި ބޭނުންކުރި ތޫނު އަޑު ފޮނުވާ ހަތިޔާރު 2023 މެއި މަހު ބޭނުންކޮށްފައިވޭ: އިހްސާން2025 އޮކްޓޯބަރު 06