logo
logo
އީ-ވިސާ: ފެނިގެން މިދަނީ މީގެ ދޮޅު އަހަރު ކުރިން ރައީސް ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ

އީ-ވިސާ: ފެނިގެން މިދަނީ މީގެ ދޮޅު އަހަރު ކުރިން ރައީސް ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ

2025 ނޮވެމްބަރު 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފެނިގެން މިދަނީ މީގެ ދޮޅު އަހަރު ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއެކު ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ "އީ-ވިސާ"ގެ ޚިދުމަތާއެކު ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން އުފުލަން ޖެހުނު ތަކްލީފްތަކަށް ނިމުން އަންނާނެ ކަމަށެވެ.

އެމް އައިޑީ ޗެކަރގެ ނަމުގައި ތަޢާރަފްވެގެން އައި އެޕްލިކޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އިމިގްރޭޝަން އެންފޯސްމަންޓުގެ ޚިދުމަތަށާއި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ އެ މީހުންގެ ކަންކަން ހަމަ މަގަށް އެޅުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިންގިލާބީ ބަދަލެއްކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މިއަދު ފެނިގެން މިދަނީ މީގެ ދޮޅު އަހަރެއްކުރިން ރައީސް ޑރ. މުޢިއްޒު ފައްޓަވާދެއްވި މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ދާޚިލީ ވުޒާރާއާ މަތިކޮށްފައިވާ ޒިންމާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް އެއްލައްކަ ނުވަދިހަ ހާހަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ އަޕްޑޭޓްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ދެވަނަ ފޭސްއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޤަވާއިދުގެ ތެރެއަށް ނުވަދެ އުޅޭ ބިދޭސީން ރާއްޖެއިން ބޭރުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް