
އޮކްޓޫބަރު 3 ގައި ބޭނުންކުރި ތޫނު އަޑު ފޮނުވާ ހަތިޔާރު 2023 މެއި މަހު ބޭނުންކޮށްފައިވޭ: އިހްސާން
ޒައުޖަތު އަޙުމަދުއެމްޑީޕީން އޮކްޓޫބަރު 3 ގައި ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ބޭނުންކުރި ތޫނު އަޑު ފޮނުވާ ހަތިޔާރު 2023 މެއި މަހު ބޭނުންކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އެ އެްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި 3 ފުލުހަކަށް އަނިޔާވެފައިވާއިރު، ފުލުހުން އެރޭ ތޫނު އަޑު ފޮނުވާ ހަތިޔާރު ނުވަތަ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށާ އެ ހުއްދަ ފުލުހުންނަށް ނޯންނާނެ ކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔާފައިވެއެވެ.
ފާޑުކިޔުންތަކަށް ރައްދު ދެއްވައި ވަޒީރު އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެލްއާރުއޭޑީ މީގެ ކުރިން ވެސް ދިވެހި ފުލުހުން ބޭނުންކުރާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެ ހަތިޔާރު ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރު ކަމަށެވެ. އަދި އޭރު ބޭނުންކުރި އެލްއާރުއޭޑީގެ މޮޑެލްއަކީ "އެލްއާރުއޭޑީ 450 އެކްސްއެލް" ކަމަށާ އެ ހަތިޔާރު އޭރު ބޭނުންކުރީ ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތަކުގައި ފުލުހުންގެ ވެހިކަލްގައި ހަރުކޮށްގެން ކަމަށެވެ.
އިހްސާން ވިދާޅުވީ އޮކްޓޫބަރު 3 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުން ބޭނުންކުރި "އެލްއާރުއޭޑީ 100 އެކްސް" އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ 2023 ވަނަ އަހަރު މެއި މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ކަމަށެވެ.
އިހުސާން ވިދާޅުވީ އެލްއާރުއޭޑީއަކީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ޕަބްލިކް ސޭފްޓީ އެޖެންސީތަކާއި އަސްކަރިއްޔާ އާއި ޤާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކުން ވެސް މުޒާހަރާތައް ކޮންޓްރޯލްކުރުމަށާއި އެއްވުންތަކުގައި މުއާސަލާތުކުރުމަށާއި ބޯޑާ ސެކިއުރިޓީ އާއި މެރިޓައިމް ސޭފްޓީ އަދި އިމަޖެންސީގެ ޙާލަތްތަކުގައި މެސެޖު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ އާލާތެއް ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޯޓު އަމުރެއްގެދަށުން ސަނީ އުމަރު ހައްޔަރުކޮށްފި2025 ޑިސެމްބަރު 02
ހުޅުމާލޭގެ އެކި ތަންތަނުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ2025 ޑިސެމްބަރު 02
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު ކޮއްފި2025 ޑިސެމްބަރު 01
ސީޕީ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި!2025 ނޮވެމްބަރު 26