logo
logo
ނޮވެމްބަރު 23ން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ އީ ވިސާ

ނޮވެމްބަރު 23ން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ އީ ވިސާ

2025 ނޮވެމްބަރު 22
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މި ހިނގާ ނޮވެމްބަރު މަހުގެ 23ން ފެށިގެން ވޯކް ސިސާގެ ގޮތުގައި ބަލާނީ އީ ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އީ ވިސާއާއި ގުޅިގެން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލަމުން އިމިގްރޭޝަނުން ބުނީ 2025 ނޮވެމްބަރު 23 ން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓެމެޓިކުން އީ ވިސާއަށް ބަދަލުވާނެ ކަމަށާއި އެ ތާރީޚުގެފަހުން ޕާސްޕޯޓުގައިވާ ވޯކް ވިސާ ވެލިޑް ވިސާއެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި އީ ވިސާގެ މުއްދަތު ދެން ބިނާ ވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ 2025 ނޮވެމްބަރު 23ން ފެށިގެން ރާއްޖެ އެތެރެވުމަށް ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ ވިސާއެއް އޮތް ފަރާތްތަކަށް އެކަނިކަމަށާއި އެ މުއްދަތުގެފަހުން ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ ވެސް މުއްދަތު ހަމަނުވާ އީ ވިސާއެއް އޮތް ފަރާތްތަކަށް އެކަނި ކަމަށެވެ.

މީގެއިތުރުން އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ އެންޓްރީ ފާސް އޮތް ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ނޮވެމްބަރު 10 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދާޚިލީ ވަޒީރު ޢަލީ އިހުސާން ވިދާޅުވީ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއެކު ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާގެ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި ކަމަކީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ރައީސް ޑރ. މުޢިއްޒު ފެއްޓެވި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް