logo
logo
ކަރަންކާ މަގު ސަރަހައްދުން 66 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

ކަރަންކާ މަގު ސަރަހައްދުން 66 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

2025 ނޮވެމްބަރު 13
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ކަރަންކާ މަގު ސަރަހައްދުން 66 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ރޭގެ ވަގުތެއްގައި ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ ރޭ ހިންގި އޮޕަރޭޝަންގައި އެ ސަރަހައްދުން ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށް، ޤަވާޢިދާ ޚިލާފަށް އުޅެމުން އައި 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނާ ފުލުހުން އަދި ދާޚިލީ ވުޒާރާ، އެޗްޕީއޭ ހިމެނޭ ޓާސްކް ފޯހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ބުނީ މި މަސައްކަތަކީ ޤާނޫނާ ޚިލާފަށް ވިޔަފާރިކުރާ، އަދި ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން އެމީހުންގެ އަމިއްލަ ގައުމަށް އަނބުރާ ފޮނުވާލުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

ފުލުހުން ބުނީ މިފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޖްތިމާއީ ހަމަޖެހުމާއި އިޤްތިޞާދީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލު ނުވެ އޮތް ޒަމާންވީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އަދި މި މައްސަލަ ހައްލުކޮ|ށް ދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅެއްކަން ފާހަގަ ކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް