
ތ. ގުރައިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
ތ.ގުރައިދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ތ.ގުރައިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
މިއާއެކު ތ.އަތޮޅުގެ ވިލުފުއްޓާއި ވޭމަންޑޫ ހިމެނޭހެން 3 ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. މިގޮތުން އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއްރަށުގައި މިޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ނޮވެމްބަރު 23ން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ އީ ވިސާ2025 ނޮވެމްބަރު 22
ބިދޭސީންގެ މައްސަލަ ހައްލުކުރުން- އިތުރު 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް2025 ނޮވެމްބަރު 21
ކަރަންކާ މަގު ސަރަހައްދުން 66 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި2025 ނޮވެމްބަރު 13
"މޯލްޑިވްސް 2.0" މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އިމިގްރޭޝަންގެ ޑިޖިޓަލް ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި2025 ނޮވެމްބަރު 10