logo
logo
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން މަޖިލީހުން ފާސްކޮށްފި!

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން މަޖިލީހުން ފާސްކޮށްފި!

2025 އޭޕްރީލު 15
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ފަލަތީނަށް ދެމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ކޮމިޓީން ނިންމި ބިލު، މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރަން އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، މީގެ އަހަރެއްހާ ހުށަހެޅި ބިލު އިއްޔެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅި އެވެ.

އެ ބިލު ކޮމިޓީން ނިންމި ގޮތަށް އިތުރު ބަދަލެއް ނުގެނެސް ތަޅުމުން ފާސްވީ، 83 މެންބަރުން ވޯޓުންނެވެ.  ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް