logo
logo
ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބެލެވޭ ހެކިތަކެއް ފެންމަތިވެއްޖެ!

ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބެލެވޭ ހެކިތަކެއް ފެންމަތިވެއްޖެ!

2026 މާރިޗު 15
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އީރާނުން ދިން މިސައިލް ހަމަލާއެއްގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ގަބޫލުކުރެވޭ ހެކިތަކެއް ފެންމަތިވެއްޖެއެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން، މިދިޔަ ފެބުރުއަރީ މަހުގެ 28 ން ފެށިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އީރާނުން ވެސް ދަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހިމެނޭ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.

އީރާނުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އިސްރާއީލުގެ ސަރުކާރުގެ އިސްފަރާތްތައް ފިލާ ތިބި ބިންގަރާސްތަކަށް ހަމަލާތައް ދެމުން އަންނަނިކޮށް ނަތަންޔާހޫގެ ބިންގަރާހަށް މިސައިލެއް އަރާ އޭނާ މަރުވެފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

އިސްރާއީލުގެ ސަރުކާރުން މިކަމާމެދު އެއްޗެއް ބުނެފައި ނުވި ނަމަވެސް ނަތަންޔާހޫ ދިރިހުރިކަމާއިމެދުގައި އެތައް ހާސް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ނަތަންޔާހޫ މަރުވެއްޖެ ކަމަށް ބުނެ ދައްކާ ހެކިތަކުގެތެރެއިން އެއްކަމަކީ، އިސްރާއީލު ސަރުކާރުން މިހަފްތާގައި އާންމުކުރި ނަތަންޔާހޫގެ ވީޑިއޯއެއްގައި އޭނާގެ އަތުގައި 6 އިނގިލި ހުރުމާއި އަދި ދަތެއް ވެސް މަދު ކަން ފާހަގަކޮށް އެ ވީޑިއޯއަކީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯއެއްކަން ވަނީ ދެނެގަނެފައެވެ.

 

 

އަނެއް ހެއްކަކީ އީރާނާއެކު ކުރަމުން އަންނަ ހަނގުރާމައާބެހޭ ގޮތުން މިމަހުގެ 13 ވަނަ ދުވަހު އިސްރާއީލުގެ ސަރުކާރުގެ ހަނގުރާމައާބެހޭ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ނަތަންޔާހޫ ބައިވެރިވެފައިނުވާ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ހަނގުރާމައާބެހޭ ކައުންސިލުން ނަތަންޔާހޫ ބައިވެރިނުވެ ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

މީގެއިތުރުން ނަތަންޔާހޫގެ ދޮށީ ދަރިފުޅު ޔައިރު ނަތަންޔާހޫއަކީ ކޮންމެ ދުވަހަކު 20 ވަރަކަށް ޓްވީޓް ކުރާ މީހެއްކަމަށާއި ނަމަވެސް މިހަފްތާގައި އޭނާ އެއްވެސް ޓްވީޓެއް ކޮށްފައި ނުވާކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މީގެއިތުރުން އީރާނުގެ މިސައިލް ހަމަލާ އެރިކަމަށް ބުނާ، ނަތަންޔާހޫގެ ބިންގަރާސް ހުންނަ ސަރަހައްދުގައި ހުރެ ނަތަންޔާހޫ މަރުވެފައިވާކަމަށް ބެލެވޭ ކަމަށް ބުނެ އެ ސަރަހައްދުގެ ވީޑިއޯ ރިޕޯޓެއް ހެދި އިސްރާއީލަށް ނިސްބަތްވާ އިންޑިއާ ދަރިކޮޅުގެ ނޫސްވެރިއެއް ވެސް ވަނީ އިސްރާއީލު ފުލުހުން ހައްޔަރުކޮށްފައެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ އިސްލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއި އާއި ޢާއިލާގެ ބައެއް މެމްބަރުން ވަނީ ޝަހީދުކޮށްލައިފައެވެ. މި ކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ އައު ލީޑަރު އަދި ޢަލީ ޚާމަނާއިގެ ދަރިކަލުން މުޖުޠަބާ ޚާމަނާއި ވަނީ ވިދާޅުވެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް