ބޮމުގެ އިންޒާރަކާ ގުޅިގެން އިސްރާއީލުން ފުރި މަތިންދާބޯޓެއް ކުއްލި ހާލަތުގައި ބަލްގޭރިއާއަށް ޖައްސައިފި

އިސްރާއީލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާގެ ވިއެނާއަށް ދަތުރުކުރި އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓަކަށް ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން، އެ ބޯޓު ކުއްލި ހާލަތުގައި ބަލްގޭރިއާގެ ސޯފިއާ އެއާޕޯޓަށް ޖައްސައިފިއެވެ.
ބަލްގޭރިއާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ހާމަކުރެއްވި ގޮތުގައި، އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓް OS82 (އެއާބަސް A320) ރޫމޭނިއާގެ އިންވަކުުރުމާ ކައިރިވެފައި ވަނިކޮށް ބޮމުގެ އިންޒާރު ލިބުމުން، ބޯޓުގެ ކެޕްޓަނާއި ކްރޫއިން ވަނީ ކުއްލި ހާލަތުގެ އިމަޖެންސީ ސިގްނަލް (7700) ފޮނުވުމަށްފަހު، މިސްރާބު ބަލްގޭރިއާގެ ވެރިރަށް ސޯފިއާއަށް ބަދަލުކުރުމަށް ނިންމާފައެވެ. މި ބޯޓު ސޯފިއާގެ އެއާޕޯޓަށް ޖެއްސުމުގައި ބަލްގޭރިއާގެ އެއާފޯސްގެ މިގް-29 މާކްގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވަނީ އެހީތެރިވެދީފައެވެ۔
މި ފްލައިޓުގައި 51 ޕަސިންޖަރުންނާއި 6 ކްރޫއިން ތިބިއިރު، ބޯޓު ޖެއްސުމާއެކު ހުރިހާ މީހުން ވަނީ ރައްކާތެރިކަމާއެކު ބާލާފައެވެ. އަދި ސެކިއުރިޓީ ޓީމުތަކުން ބޯޓު ފުރިހަމައަށް ބަލައިފާސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ބޯޓު ފާސްކޮށް ނިމުމުން ފުރާގޮތަށް ދަތުރުވެރިން އެހެން ފްލައިޓްތަކަށް ބަދަލުކުރާނެ ކަމަށް އެއާލައިނުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ، މިދިޔަ މަހު ޔޫއޭއީއިން އިސްރާއީލަށް ދަތުރުކުރި ފްލައިޑުބާއީގެ ފްލައިޓެއްގެ ކޯ-ޕައިލެޓު ބޯޓު ވައްޓާލަން އުޅުނު ހާދިސާއާ ގުޅިގެން އިސްރާއީލަށް އެތެރެވާ ފްލައިޓްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ۔ ބަލްގޭރިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ މި މައްސަލައިގެ ޚާއްޞަ ތަޙުޤީޤެއް ފަށާފައެވެ.
އިތުރަށް





.gif.gif&w=828&q=100)